ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެމްކޯއިން ކުނި ނަގާ ވަގުތު ބަދަލު ކުރަނީ

Dec 21, 2020
3

ވެމްކޯ އިން މާލެ ސަރަހައްދުގެ ގޭގެ އިން ކުނި ނަގާ ވަގުތު ބަދަލު ކުރަން ނިންމައިފި އެވެ.

ވެމްކޯ އިން މިހާރު މާލެ ސަރަހައްދުގައި ޖަމާވާ ކުނި ނަގަނީ ދުވާލުގެ ވަގުތު އެވެ.

ނަމަވެސް، މި ބަދަލާ ބެހޭ ގޮތުން އެ ކުންފުނިން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެ ކުންފުނީގެ މީޑިއާއިން ބުނީ ބަދަލު ގެންނަން މަޝްވަރާ ކުރެވުނު ނަމަވެސް އެކަން ނިންމާފައި ނުވާ ކަމަށެވެ. އެފަދަ ބަދަލެއް ގެނެސްފިނަމަ އަންގާނެ ކަމަށް ވެސް ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ވެމްކޯ އިން މިހާރު ގޭގެ އިން ކުނި ނަގަނީ ގްރައުންޑް ފްލޯ އިންނެވެ.