ޕްރޮމޯޝަން

ޕްރޮމޯޝަނަކާއެކު އެންޒީ އިން އާ ފިހާރައެއް

އެންޒީގެ ފިހާރަ: މިހާރު ސޭންޑްވިޗް ޕްރޮމޯޝަނެއް ވަނީ ފަށާފަ -- ފޮޓޯ: އެންޒީ
0%
0%
0%

ހާއްސަ ޕުރޮމޯޝަނަކާއެކު އެންޒީ އިން މަހާއި މަހުގެ އުފެއްދުންތައް އަދި ބޭކަރީ ސާމާނު ވިއްކަން އާ ފިހާރައެއް ހުޅުވައިފި އެވެ.

މަހާއި މަހުގެ އުފެއްދުންތައް އުފައްދާ އަދި އެކްސްޕޯޓް ކުރާ އެންސިސް ކުންފުނީގެ، ލޯކަލް ބްރޭންޑް އެންޒީގެ އާ ފިހާރަ ހުޅުވާފައިވަނީ އަމީރުއަހްމަދުގައި އެންޒީ-1 ގެ ފިހާރަ ކައިރީގަ އެވެ. ފިހާރަ ހުޅުވުމާ ދިމާކޮށް ސޭންޑްވިޗް ޕްރޮމޯޝަން ގެ ނަމުގައި އާ ޕްރޮމޯޝަނެއް ވެސް ފަށާފައިވެ އެވެ.

މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ ސޭންޑްވިޗަކުން 10 ޕަސެންޓް ޑިސްކައުންޓް ލިބެ އެވެ. އަދި މި ސޭންޑްވިޗް ގޭގެ އަށް ގެންގޮސް ދިނުމުގެ ހިދުމަތް ވެސް ލިބެ އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އެންޒިން އަލަށް ހުޅުވި ފިހާރާގައި ބޭކަރީ ޕްރޮޑަކްޓްސްގެ އިތުރުން ކޭކް އާއި ކަޕް ކޭކް އަދި ފޮނި ޕޭސްޓްރީސް އާއި ރަހަމީރު ރިހާކުރުގެ އިތުރުން މަސް މިރުސް ފަދަ ދިވެހި އުފެއްދުންތައް ލިބެން ހުރެ އެވެ. މީގެ އިތުރުން އެންޒީ އިން އެންސިސް ކާރުހާނާގައި ތައްޔާރުކޮށާފައިވާ ތާޒާ ރޯމަހާއި ދަޅު މަސް ވެސް ލިބެން ހުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345