ކަނޑުމަތީގެ ހާދިސާ

މިޔަރު ހިފައި މީހަކު ޒަހަމް ކޮށްލައިފި

މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މީހެއްގައި ގައިގައި މިޔަރު ހިފާ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ.

ކަނޑަށް ވެއްޓުނީ ޅ. ފާދޫ ބޮއި ކައިރި މަސްވެރިކަމަށް ނުކުމެ އުޅުނު "ޒިކުރާ" ދޯނީގެ ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެކެވެ.

ސިފައިން ބުނީ އެ މީހާ ދޯނިން ކަނޑަށް ވެއްޓުނު ވަގުތު މިޔަރު ހިފައި ދަތް އެޅުމުގެ ސަބަބުން ފައި ޒަހަމްވެފައިވާ ކަމަށާއި އެ މީހާގެ ފައިގެ ނާރުތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް މިއަދު ހެނދުނު ލިބުމުން ސިފައިން ގޮސް ޅ. ނައިފަރަށް އެ މީހާ ގެންދިއުމުގެ ދަތުރު ވަނީ ފަށާފަ އެވެ.

މިޔަރު ހިފުމުގެ ހާދިސާތައް އައިސް ނަމަވެސް ފަހަކަށް އައިސް ރާއްޖޭގައި މަދެވެ.