ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޕްރިންސް މުހައްމަދު ކޮވިޑް ވެކްސިން ޖައްސަވައިފި

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލާމާން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ. މުހައްމަދު ބިން ސަލްމާނަށް ދެއްވާފައި ވަނީ ފައިޒާ ބަޔޮންޓެކް ވެކްސިނެވެ.

ސައޫދީ ޕްރެސް އޭޖްންސީ (އެސްޕީއޭ) އިން ބުނާ ގޮތުގައި ޑެޕިއުޓީ ޕްރައިމް މިނިސްޓަރަށާއި ޑިފެންސް މިނިސްޓްރަށް ވެސް އަށް ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެއްވާފަ އެވެ. އަދި މިނިސްޓަ އޮފް ކަލްޗާ، ޕްރިންސް ބަދުރު ބިން އަބްދުﷲ ބިން މުހައްމަދު ބިން ފަރުހާންއަށް ވެސް އަށް ވަނީ ކޮވިޑް ވެކްސިން ދެއްވާފަ އެވެ.

ސައޫދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރު، ޑރ. ތަވްފީގް އައްރާބިޔާ ވިދާޅުވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށާއި އިސްވެރިންނަށް ވެކްސިން ދެއްވީ އާންމު ވެކްސިން ޕްރޮގްރާމްގެ ދަށުން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ސައޫދީ ރައްޔިތުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމް ކަމަށެވެ.

ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް ފައިޒާ ބަޔޮންޓެކް ކޮވިޑް ވެކްސިން ދެއްވަނީ

ދުނިޔޭގެ ގައުމުތަކާ އެއް ހަމައަކުން ސައޫދީއަށް ކޮވިޑް ވެކްސިން ލިބޭނެ ގޮތް ހައްދަވައިދެއްވި ކަމަށްޓަކައި ހެލްތު މިނިސްޓަރު ވަނީ ބިން ސަލްމާނަށް ޝުކުރު ދަންނަވާފަ އެވެ.

ސައޫދީ އަރަބިއްޔާ ޒާމާނީ ކުރައްވައި ހިދުމަތްތައް ރަނގަޅު ކުަރައްވައި އަދި އާންމުކޮށް ހުޅުވާލެއްވުމަށް މުހައްމަދު ބިން ސަލްމާން ގެންގުޅުއްވާ އެޖެންޑާގައި ބޭސް ފަރުވާ އާއި ސިއްހީ އެހީތެރިކަން އެހެން ގައުމަކަށް ދޫނުކުރާ ވަރަށް ތަރައްގީ ކުރެއްވުން ހިމެނެ އެވެ. އެއީ 2030 އަށް ވަލީ އަހުދު ގެންގުޅުއްވާ ތަސަވުރު ވެސް މެއެވެ.