ކާނާ

"ޕިއްޒާ ކިޗަން" - ވަރަށް ތަފާތު ރަހަތަކެއް!

ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ފާސްޓްފުޑުގެ ތެރޭގައި ޕިއްޒާ ހިމެނެއެވެ. ތަފާތު ވައްތަރުގެ ޕިއްޒާ ތައްޔާރު ކުރަމުންދާއިރު ދިވެހި ރަހަތައް ހިމަނައިގެން ތައްޔާރުކުރާ ޕިއްޒާގެ ބާވަތްތައްވެސް ދަނީ އުފަންވަމުންނެވެ. އެ ރަހަތަކަށް އޮންނަ ޑިމާންޑްވެސް ބޮޑުވީމައެވެ.

ޕިއްޒާގެ އެންމެ ތަފާތު ރަހަތަކެއް މިހާރު ލިބެން ހުރީ ހުޅުމާލޭގައި ހުންނަ "ޕިއްޒާ ކިޗަން" ރެސްޓޯރަންޓުންނެވެ. ހުޅުމާލެ ހިތިގަސް މަގު، ފުލުހުންގެ އައު އިމާރާތް ކައިރި ހުންނަ އެ ރެސްޓޯރަންޓުން ޕިއްޒާގެ ތަފާތު ރަހަތަކެއް ތަޖުރިބާކޮށްލެވޭނެ އެވެ.

ޕިއްޒާގެ ރަހަތަކުގެ ޔަގީންކަން އެ ރެސްޓޯރަންޓުންދޭ ފުރަތަމަ އިތުބާރަކީ ޕިއްޒާ ތައްޔާރު ކުރުމުގެ މާލިމީއެވެ. ރާއްޖޭގައި ހުރި މަޝްހޫރު އެތަށް ފްރެންޗައިސްތަކެއްގައިވެސް މަސައްކަތްކޮށްފައިވާ ކުޅަދާނަ ޝެފް ސައީދުއެވެ. އޭނާއަކީ މި ދާއިރާއިން ރާއްޖެއާ ބޭރުން ތަޖުރިބާ ހޯދާފައިވާ އަދި އެ ދާއިރާއިން ތަފާތު ވަނަތައްވެސް ހޯދާފައިވާ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް އޮތް ޝެފެކެވެ.

"ޕިއްޒާ ކިޗަން" ގައި އެންމެ ހާއްސައީ "ފިއްޒާ ކިޗަން ސްޕެޝަލް" ނަމުގައި ތައްޔާރުކުރާ ޕިއްޒާއެވެ. މިއީ މިރާއްޖެއިން ލިބޭނެ އެންމެ ތަފާތު އެއް ޕިއްޒާއަށްވާނެ އެވެ. އެހެން ތަންތަނުން ހަދާ ޕިއްޒާއާ ހުރިހާ ގޮތަކުންވެސް ތަފާތުވާނެ އެވެ. ރަހަ ބަލައިފިނަމަ އެކަމާއި ދެބަހެއް ނުވާނެކަން ޔަގީނެވެ.

މީގެ އިތުރުންވެސް ޕިއްޒާގެ ތަފާތު އެހެން ބާވަތްތައްވެސް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ދިވެހި އެކި ރަހަތައް ލައްވާފައިވާ ޕިއްޒާ ހިމެނެއެވެ. "ވަޅޯމަސް ޕިއްޒާ" އާއި "ތެއްލިފަތް ޕިއްޒާ" ފަދަ ތަފާތު ނަންނަމެވެ. އަދި ފޮނި ރަހަތައް ހިމެނޭ ތަފާތު ޕިއްޒާގެ ބާވަތްތަކެވެ.

މީގެ އިތުރުން ދިވެހި ރަހަތަކާއެކު ތައްޔާރުކުރާ "ގާލިކް ބްރެޑް ވިތް ރިހާކުރު" މިއީވެސް "ޕިއްޒާ ކިޗަން"ގެ ވަރަށް ހާއްސަ އެއްޗެކެވެ. މިއީވެސް ޒާތެއްގެ ޕިއްޒާއެކެވެ. ވަރަށްވެސް ތަފާތެވެ. މިއީ ހެނދުގެ ނާސްތާއަށް ހާއްސަ ޕިއްޒާއެކޭ ބުނެވިދާނެ އެވެ.

މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލީ އެގޮތަށެވެ. ހެނދުނުގެ އެންމެ ޑިމާންޑް ބޮޑީ "ގާލިކް ބްރެޑް ވިތް ރިހާކުރު" އެވެ. އެންމެ ހާއްސައީ ފުންގަނޑުގެ ތަފާތުު ކަމެވެ. އަދި އެއާއެކު ސާވްކުރާ ރަހަ މީރު ރިހާކުރުން ޑިޝް އިތުރަށް ފުރިހަމަ ކޮށްދެ އެވެ

މީގެ އިތުރުން "ޝެޕް ސަލަޑް" ގެ ނަމުގައި "ޕިއްޒާ ކިޗަން" އިން ތައްޔާރުކުރާ ސަލަޑަކީވެސް މަގުބޫލު އެއްޗެކެވެ.

ކަސްޓަމަރުންނަށް "ޕިއްޒާ ކިޗަން"ގެ ޝެފް ސައީދު ދޭ ޔަގީން ކަމެއް އެބައޮތެވެ. އެއީ އެތަނުން ފޯރުކޮށްދޭ ކޮންމެ އެއްޗެއްވެސް ކޮލިޓީވާނެ ކަމެވެ. ހާއްސަކޮށް ޕިއްޒާގެ ރަހަތަކެވެ.

"ހުރިހާ ޕިއްޒާއަކަށްވެސް އެއް މިންގަނޑަކަށް ތަކެތި ބޭނުންކޮށްފައި ހުންނާނީ. އެހެންވީމަ ހުރިހާ ރަހަތަކެއްވެސް ކޮންމެ ފަހަރަކު އެއް ހަމަައެއްގައި ހުންނާނެ. އެ ޔަގީންކަން އަޅުގަނޑު ދެން،"

"ޕިއްޒާ ކިޗަން" އިން ޑެލިވަރީގެ ހިދުމަތްވެސް ވަނީ ފަށާފައެވެ. އޯޑަރު ދިނުމުން މާލެ، ހުޅުމާލޭގެ ކޮންމެ ތަނަކަށްވެސް ގެންގޮސްދޭނެ އެވެ. ހުޅުމާލޭގައި ނަމަ 15 މިނެޓްތެރޭ ޑެލިވަރީ ކޮށްދޭނެއެވެ. ފަސް މިނެޓުން 8 ޕިއްޒާ ހެދޭނެ ކެޕޭސިޓީ އެތަނުގައި އެބަހުއްޓެވެ. ޑެލިވަރީގެ ޑިމާންޑް ވަރަށް ބޮޑުވެފައިވާއިރު "ޕިއްޒާ ކިޗަން"ގެ އެންމެ ބޮޑު އަމާޒަކީ ކޮލެޓީ ހިފެހެއްޓުމެވެ.

"އަޅުގަނޑުމެން ކުރިން އެއްވެސް އެއްޗެއް ތައްޔާރުކޮށްފައި ނުބަހައްޓާނެ. އޯޑަރު ލިބުމުން ތައްޔާރު ކުރަން ފަށާނީވެސް. ބޭނުންވަނީ ކަސްޓަމަރުން ބޭނުންވާ ފަދަަ ކޮލެޓީއެއްގައި ފޯރުކޮށްދިނުން،"

  • އޯޑަރު ދިނުމުން ގެންގޮސްދޭނެ
  • އޮންލައިންކޮށް އޯޑަރު ކުރެވޭނެ
  • ލޮކޭޝަން: ހިތިގަސް މަގު، ފުލުސް އާއިމާރާތް ކައިރި
  • ނަންބަރު: 3356565، 7889696

މީގެ އިތުރުން ހެދިކާގެ ތަފާތު ބާވަތްތައްވެސް ހަވީރަށް ލިބެން ހުންނާނެ އެވެ. އަދި ތަފާތު ބުއިތަކަށްވެސް "ޕިއްޒާ ކިޗަން" ހާއްސައެވެ. ހާއްސަކޮށް ދުވާ މީހުންނަށެވެ. ހުޅުމާލެ ހިތިގަސް މަގަކީ ދުވާ މީހުންގެ ހާއްސަ މަގެކެވެ. އެހެންވީމަ ދުވާ މީހުންނަށް ހާއްސަ ބުއިތަކެއްވެސް މިހާރު ވަނީ ތައާރަފު ކޮށްފައެވެ.

"މި މަގަކީ ދުވާ މީހުންނަށް ވަރަށް ހާއްސަ މަގެއް. އެހެންވީމަ އެ މީހުންނަށްޓަކައި ހާއްސަ ބުއިމެއް ވާނީ ތައްޔާރުކޮށްފައި،"

"ޕިއްޒާ ކިޗަން"ގެ މާހައުލަކީވެސް ވަރަށް ހިތްގައިމު މާހައުލެކެވެ. އާއިލާއާ އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލާ މީރު ކާ އެއްޗަކަށް އިންސާފު ކޮށްލަން މިއީ ވަރަށް ރަނގަޅު ތަނަކަށްވާނެ އެވެ.

މިދިޔަ މަހު 11 ވަނަ ދުވަހު ހުޅުވި "ޕިއްޒާ ކިޗަން" އަށް އާންމުންގެ ބޮޑު ތަރުހީބެއް އޮތްއިރު ކާބޯތަކެތީގެ މުޅީން ތަފާތު އެހެނަސް ދިވެހި ރަހަތަކެއް އާންމުންނާއި ހަމައަށް ގެނެސްދިނުމަކީ އެތަނުގެ އެންމެ ބޮޑު އުންމީދެވެ. ކުރިއަށް އޮތްތާވެސް ތަފާތު ރަހަތައް ކަސްޓަމަރުންނަށް ގެނެސްދިނުމަކީ "ޕިއްޒާ ކިޗަން" ގެ އުންމީދެވެ.