މަސްވެރިން

ކަންނެލި މަސްވެރިންގެ އަޑު ނީވުނު ސާބިތު: ޔޫނިއަން

Dec 28, 2020
1
ބޮޑު ކަންނެލި މަސްވެރިންގެ ބޭއްވި ޖަލްސާގައި ކަންނެލި އޮޑިފަހަރު -- ފޮޓޯ: ޔޫނިއަން
0%
0%
0%

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އުފައްދަން ބޭއްވި ޖަލްސާގައި ފާޅުކުރި، ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް ނީވޭކަން ޔަގީން ވެއްޖެ ކަމަށް އެ ޔޫނިއަނުން ބުނެފި އެވެ.

ކަނޑުމަތީގައި ބޮޑު ޖަލްސާއެއް ބާއްވައި އިފުތިތާހު ކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ގެ ފޭސްބުކްގައި އާއްމުކުރި ބަޔާނެއްގައި ރައީސުލް ޖުމްހޫރިއްޔާ އަށާއި ފިޝަރީޒް މިނިސްޓްރީއަށް ބޮޑު ކަންނެލި މަސްވެރިންނަކީ މި ގައުމުގެ މަސްވެރިކަން ކުރާ ބައެއް ކަމަށް ނޭނގެނީ ތޯ ސުވާލު ކޮށްފައި ވެއެވެ.

މި ޔޫނިއަން އިން ރުޅި ގަދަވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ޖުމްހޫރީ މައިދާންގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ދޮށީގެ މަސްވެރިންމުގެ ވާހަކަ ދެއްކެވި ނަމަވެސް ބޮޑު ކަންނެލި މަސްވެރިންގެ ވާހަކަ ނުދެއްކެވުމުންނެވެ.

ބީކޭއެމްޔޫ ޔޫނިއަން އިން ބުނެފައިވާ ރާއްޖޭ އާބާދީގެ ބޮޑު ބައެއް ބޮޑު ކަންނެލި މަސްވެރިކަން ހިއްސާ ކުރާ ކަމަށެވެ.

"ބޮޑު ކަންނެލި މަސްވެރިންގެ ވާހަކަ ނަން ވެސް ނުގަނެވޭ ހިނދު، މަސްވެރިކަމުގެ ބަޖެޓުގައި ބޮޑު ކަންނެލި މަސްވެރިންނަށް އޮތީ ސުމެއް،" އެ ޔޫނިއަން އިން ބުނެފައިވެ އެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނީ މަސްވެރިންނަށް ސަރުކާރުން ވަނީ އިހުމާލުވެފައި ކަމަށެވެ. އަދި ކަންނެލި މަސްވެރިންގެ ކަންބޮޑުވުމުގެ އަޑު ސަރުކާރަށް ނީވޭކަން މިހާރު ސާފުވެފައިވާ ކަމަށާ އެހެން ނަމަވެސް ކަންބޮޑުވުންތަކުގެ އަޑު އިއްވާނެ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345