އީރާނުން އަވަށްޓެރި އީރާގުން ގޭސްކަނޑާލައިފި އެެވެ. ނޭޝަނަލް އީރާނިއަން ގޭސް ކޮމްޕެނީން ބުނީ އީރާގުން ގޭސް ކަނޑާލަން ޖެހުނީ ދަރަނި މާ ބޮޑުވެގެން ކަމަށެވެ. އީރާގުން ދައްކަންޖެހިފައި ހަ ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ މިހާރު ވެސް އެބަހުރި ކަމަށް އީރާނުން ބުނެ އެވެ.
އީރާގު އިލެކްޓްރީސިޓީ މިނިސްޓްރީން ބުނީ މި ދިމާވީ ހިތާމަވެރި ގޮތެއް ކަމަށެވެ. ބަޣުދާދުންނާއި އަދި އެހެން އަވަށްތަކުން ކަރަންޓް ދެމެހެއްޓުމުގައި ދެން ދަތިވާނެ ކަމަށެވެ.
އީރާނަށް ދަތިކުރަން އެމެރިކާއިން އަލާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރެއް ގައުމުތަކުގައި ތާށިވެފައި މިހާރު ވެސް އެބަ ހުއްޓެވެ. މިއީ އެމެރިކާއިން ރުހިއްޖެ ހާލަތެއްގައި މެނުވީ އީރާނަށް ފޯރާނެ ފައިސާއެއް ނޫނެވެ. އީރާން ލިބެން ޖެހޭ ކިތަންމެ ކުޑަ އާމްދަނީ އަކީ ވެސް މުހިންމު ވަނީ އެހެންވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިއަދުގެ ވަގުތެއްގައި އީރާނުގެ އެނާޖީ މިނިސްޓަރު، ރިޒާ ބަޣްދާދަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ. އެއީ ދަރަނި އަދާ ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށް ވެއެވެ.