ހަބަރު

ދަތުރުފަތުރަށް ރައީސް ހެޔޮ ބަދަލު ގެންނަވާނެ: ވިސާމް

Dec 29, 2020
2

އަތޮޅުތަކުގެ ދަތުރުފަތުރުގެ ނިޒާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުން ލ. އަތޮޅަށް ފަށާ ލޯންޗް ފެރީގެ ހިދުމަތް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވިސާމް ވިދާޅުވީ، ފެރީގެ ހިދުމަތާއެކުދެ އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމަށް ދިރުމެއް ލިބި އުއްމީދު އާވެގެން ގޮސްފައިވާ ކަމަށާއި އަތޮޅުތަކުގެ ރައްޔިތުން ރަށު ބަންދުން ވިއްލައިދޭނީ އެމްޑީޕީން ކަމަށެވެ.

"ރައީސް ސޯލިހު ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް ގެންނަވާނެ،" ވިސާމް ވިދާޅުވި އެވެ.