އެމްޓީސީސީ

ތާ، ލާމުގެ ފެރީ ގަޑިއަށް ބަދަލެއް

ތ. އިން ލ. އަށް ދަތުރުކުރާ ލޯންޗް ފެރީ: ދަތުރުގެ ގަޑިއަށް ވަނީ ބަދަލެއް އައިސްފަ -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ތ. އަތޮޅުން ލ. އަތޮޅަސް އެމްޓީސީސީއިން ކުރަމުން އައި ލޯންޗު ފެރީ ދަތުރުތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އެމްޓީސީސީން ތ. އިން ލ. އަށް ލޯންޗު ފެރީގެ ހިދުމަތް ދޭން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ފެރީގެ ހިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ އާއި އެ އަތޮޅު ތިމަރަފުށީގެ އިތުރުން ލ. ގަމެވެ.

ގަޑިޔަށް ގެނައި ބަދަލާއެކު ދުވަހުގެ ފުރަތަމަ ދަތުރުގައި ވޭމަންޑޫން ތިމަރަފުއްޓަށް ދާން ފުރާނީ ހެނދުނު 11:30 ގައެވެ. އަދި ތިމަރަފުށިން ގަމަށް ދާން ފުރާނީ 11:45 ގައެވެ. މީގެ އިތުރުން ގަމުން އަނބުރާ ތިމަރަފުށްޓަށް ދާން ފުރާނީ ހަވީރު 4:00 ޖަހާއިރުއެވެ. އަދި ތިމަރަފުށިން ވޭމަންޑޫ އަށް ހަވީރު 5:25 ގައެވެ.

ތ. އިން ލ. އަށް ދޭ ލޯންޗް ފރީގެ ޝެޑިއުލް. --ފޮޓޯ: އެމްޓީސީސީ

ލޯންޗު ފެރީ ހިދުމަތުގައި ތ. ވޭމަންޑޫން ތިމަރަފުއްޓަށް ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 75 ރުފިޔާ ކަމަށެވެ. އެއީ ދެކޮޅަށް 150 ރުފިޔާ އެވެ. އަދި ވޭމަންޑޫ އާއި ތިމަރަފުށިން ލ. ގަމަށް ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 250 ރުފިޔާ އެވެ. އަދި ދެކޮޅަށް ނަމަ 400 ރުފިޔާ އެވެ.

އެމްޓީސީސީން އެ ދެ އަތޮޅު ދެމެދު ފެށި ލޯންޗު ފެރީގެ ހިދުމަތް ދޭނީ ހަފުތާއަކު ހަތަރު ދުވަހުއެވެ. އެއީ އާދީއްތަ އާއި އަންގާރަ ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345