ޓްރާންސްޕޯޓް އޮތޯރިޓީ

ތާއިން ލާމަށް ލޯންޗް ފެރީ ފަށައިފި

ތ. އަތޮޅުން ލ. އަތޮޅަށް ލޯންޗް ފެރީގެ ހިދުމަތް މިއަދު ވަނީ ފަށާފައި -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ތ. އަތޮޅުން ލ. އަތޮޅަށް ފަށަން ނިންމި ލޯންޗް ފެރީގެ ހިދުމަތް ރޭ އިފްތިތާހު ކޮށްފި އެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އެ ހިދުމަތުގައި ކުރާ ފުރަތަމަ ދަތުރު މިއަދު ކުރާނެ ކަމަށެވެ. ފެރީގެ ހިދުމަތް ދޭ ރޫޓްގައި ހިމެނޭ ރަށްތަކަކީ ތ. ވޭމަންޑޫ އާއި އެ އަތޮޅު ތިމަރަފުށީގެ އިތުރުން ލ. ގަމެވެ.

ލޯންޗު ފެރީ ހިދުމަތުގައި ތ. ވޭމަންޑޫން ތިމަރަފުއްޓަށް ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 75 ރުފިޔާ ކަމަށެވެ. އެއީ ދެކޮޅަށް 150 ރުފިޔާ އެވެ. އަދި ވޭމަންޑޫ އާއި ތިމަރަފުށިން ލ. ގަމަށް ކުރާ ދަތުރުގެ އަގަކީ ކޮޅަކަށް 250 ރުފިޔާ އެވެ. އަދި ދެކޮޅަށް ނަމަ 400 ރުފިޔާ އެވެ.

އެމްޓީސީސީން މިއަދު އެ ދެ އަތޮޅު ދެމެދު ފެށި ލޯންޗު ފެރީގެ ހިދުމަތް ދޭނީ ހަފުތާއަކު ހަތަރު ދުވަހުއެވެ. އެއީ އާދީއްތަ އާއި އަންގާރަ ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345