އެމްއެންޑީއެފް

ސިފައިންގެ ވަޒީފާއަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިއަހަރުގެ ފަހު ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު އުމުރުފުރާ ބަލާ ތާރީހު 2021، ފެބްރުއަރީ 4 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ މީހުން ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން ހިމެނެ އެވެ.

އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުމާއެކު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވެއެވެ.

ވަޒީފާއަށް އެދޭ މީހުން މެއިލް މެދުވެރިކޮށް އެކަމަށް އެދި ހުށައެޅުމަށް ވަނީ އެދިފައެވެ.