ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާރިޔާ އަހުމަދު ދީދީ

"ސިފައިން ދައްކަނީ ކެތްތެރިކަމާ ހިތްވަރުގެ ނަމޫނާއެއް"

ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ސިފައިންގެ ލީޑާސިޕްގައި ތިއްބެވި ބޭފުޅުންގެ އިރުޝާދާއެކު، މުޅިމުއައްސަސާއިން ފެނިގެންދިޔައީ ކެތްތެރިކަމާއި ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން" މި މައުލޫއަށް ދިވެހިންގެ އައްޑަނަ މަޖައްލާއަށް މި ފަހަރު ލިޔުއްވި ލިޔުއްވުމުގައިއެވެ. މިނިސްޓަރުގެ ލިޔުއްވުމުގައި މީގެ 16 އަހަރު ކުރިން، ސުނާމީ ކާރިސާގެ ހަނދާން އައުކުރައްވާ އެކަން ކުރައްވަނީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި އެދުވަހުގެ ހަނދާން އާކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުން ކަމަށާ ކުޑަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ދެއްކި ނަމޫނާ ދިވެހިން ފަހުރުވެރި ކުރުވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"ވަކިން ހާއްސަކޮށް ދިވެހި އަސްކަރިއްޔާއިން އެ ދުވަހު ދެއްކި އެއްބައިވަތަންތަކަމުގެ ރޫހު ދިވެހި ތާރީހުގެ ސޮފްހާތަކުގައި ތާއަބަދަށް ލިޔެވިގެންދާ ދިއުމާމެދު އަޅުގަނޑު ނުހަނު އުފާކުރަން،"

ދުނިޔެއަށް ކުރިމަތިވެފައިވާ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ސިފައިންގެ ލީޑާސިޕްގައި ތިއްބެވި ބޭފުޅުންގެ އިރުޝާދާއެކު، މުޅިމުއައްސަސާއިން ފެނިގެންދިޔައީ ކެތްތެރިކަމާއި ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން ތިބީ ގައުމީ ހިދުމަތަށް ވަގުތު ހުސްކޮށް، ގައުމު ދިފާއު ކުރުމަށް އެއްބައިވަންތަކަމާއެކު މަތިވެރި އަޒުމްގައި ކަަމަށް އެކަމަނާ ވިދާޅުވިއެވެ.

"އާއިލާއާ ގާތް ރަހުމަތްތެރިނާ ދުރުގައި އެތައް ދުވަހެއް ސިފައިން މި 'ޕެންޑެމިކް' އާ ގުޅިގެން މިއަދު ވެސް ހޭދަކުރަމުން އަންނައިރު މި ދަޑިވަޅުގައި ވެސް ރައްޔިތުގެ މެދުގައި އެއްބައިވަންތަކަމައި ހަމަޖެހުން ކަށަވަރު ކުރުމަށް ގައުމީ ދިފާއީބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކު،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.