އަލިފާން

ތާޖު އެގްޒޯޓިކާ ރިސޯޓްގެ އިންޖީނުގޭގައި ރޯވެއްޖެ

ތާޖު އެގްޒޯޓިކާ ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ އެވެ.

މާލޭގައި ތިބި ސިފައިންގެ ފަޔާމަނުން ވަނީ އަލިފާން ނިއްވާލުމަށް އެ ރިސޯޓަށް ގޮސްފައެވެ. ނަމަވެސް އޭރު އެ ރިސޯޓްގެ ފަޔާ މަނުން ވަނީ އަލިފާން ނިއްވާލާފައެވެ.

ސިފައިން ބުނީ އެ ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ. އަލިފާނުގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ. ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ. މި ވަގުތު ރިސޯޓްގައި ކަރަންޓެއް ނެތެވެ.