އަލިފާން

ޕެޓްރޯލް ފީފާއެއްގައި ރޯވެ ހަތަރު މީހަކު ފިހިއްޖެ

އޯޒޯން ލައިފް މާމެންދޫ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާގައި ބަޔަކު ފިހިފައިވެއެވެ. އެ މީހުން ފަރުވާއަށް މިހާރު މާލެ ވަނީ ގެނެސްފައިއެވެ.

ސިފައިންގެ އިސްތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ދެންމެ ވިދާޅުވީ އެ ރިސޯޓުން ފުރަތަމަ ރިޕޯޓްކުރީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ. އަދި އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އެއީ މިރޭ 7:13 ގައެވެ. އޭގެ ފަހުން 8:37 ގައި އަލިފާނުގެ ހާދިސާގައި އަނިޔާވި ބަޔަކު މާލެ ގެންނަ ކަމަށް އަންގާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އަނިޔާވެފައިވަނީ ހަތަރު މީހަކަށް ކަމަށެވެ. އެއީ ދިވެއްސަކާއި ތިން ބިދޭސީންނެވެ.