އަލިފާން

ވަރު އައިލެންޑް ރިސޯޓްގެ ގުދަނެއްގައި ރޯވެއްޖެ

ވަރު އައިލެންޑް ރިސޯޓްގެ ގުދަނެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ކ. އަތޮޅު ވަރު ރިސޯޓްގެ ގުދަނެއްގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔާ ޓީމު އެ ރިސޯޓަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށެވެ.

ގުދަނުގައި ރޯވެ އަނދަމުންދާއިރު ރީތި ރަށް ރިސޯޓުން ޕަންޕެއް ގެނެސް އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސިފައިން ބުނީ ރިސޯޓްގެ ގުދަނުގައި ރޯވެގެން ރިޕޯޓް ކޮށްފައިވަނީ މިރޭ 2:48 ގައި ކަމަށެވެ.