ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ދުވާލަކު ފަސް ލީޓަރު ފެން ބުއި މީހެއް މަރުނުވީ ކިރިޔާ

ކޮރޯނާވައިރަސް މުޅި ދުނިޔެ ސުންނާފަތި ކުރަމުން ދާއިރު ބަލިން ރައްކާތެރިވުމަށް ނުވަތަ ދިފާއުވުމަށް އެކި ކަހަލަ ހޯމް ރިމެޑީޒް އެކި މީހުން އަޖުމަ ބަލަމުން ދެއެވެ. ބައެއް މީހުން މިފަދަ ރިމެޑީޒް ހަދަނީ ކޮރޯނާވައިރަހަށް ހަމަލާދީ ބަލި ކޮށްލެވޭ ވަރަށް އެމީހެއްގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށެވެ. ނަމަވެސް މިގޮތަށް ކުރާ ގިނަ ކަންތައްތައް ގިނަ ފަހަރަށް މަސައްކަތެއް ނުކުރެ އެވެ. އަދި މި ކަހަލަ ކަންތައް ކޮށްގެން ލަނޑު ލެބޭ ފަހަރު ވެސް މަދެއް ނޫނެވެ.

މިފަދަ ލަނޑެއް ލިބުނު އެކަކީ އިންގްލެންޑްގެ ސިޓީއެއް ކަމަށްވާ ބްރިސްޓޯލްގައި ދިރިއުޅުނު ފިރިހެނެކެވެ. އެ މީހާ، ލޫކް ވިލިއަމްސަން، 34، އަށް އޭނާގެ ކިބައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެންނަން ފެށުމުން އޭނާ ހީކުރީ ފެން ގިނައިން ބޮއިގެން ވައިރަސްތައް ހަށިގަނޑުން ބޭރު ކޮށްލެވިދާނެ ކަމަށެވެ. އެހެންވެ ދުވާލަކު ފަސް ލީޓަރެއްހާ ފެން އޭނާ ބޯން ފެށި އެވެ. ނަތީޖާއަކަށްވީ އިސާހިތަކު ހޮސްޕިޓަލުގައި އައިސީޔޫގައި އޭނާއަށް އޮންނަން ޖެހުމެވެ.

ފެން ބުއިމަކީ އިންސާނާގެ ސިއްހަތު ސަލާމަތުން ހުރުމަށް މުހިއްމު ކަމެކެވެ. ނަމަވެސް ފެން ބޯ މިންވަރު ބިނާ ކުރަން ޖެހޭނީ އެމީހެއްގެ ސިއްހީ ހާލަތުގެ މައްޗަށެވެ. ލޫކްގެ ކޭސްގައި ވީ ގޮތަކީ އޭނާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނުމުން ކޮވިޑް ޖެހުނީ ކަމަށް ހިތާ ޑޮކްޓަރަށް ދެއްކުމުން ދުވާލަކު ދެ ލީޓަރު ފެން ބޯން ޑޮކްޓަރު އޭނާއަށް ލަފާ ދިނީ އެވެ. ނަމަވެސް ޑޮކްޓަރު ލަފާ ދިން މިންވަރަށް ވުރެ ވެސް ރަނގަޅުކޮށްލަން ދުވާލަކު ފަސް ލީޓަރު ފެން ލޫކް ބޯން ފެށި އެވެ.

ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑުގައި ހުރި ނެޗުރަލް ސޯޑިއަމް ކުޑަކަމުދާ އެއްޗިއްސާއެކު ފައިބައިގެން ދިޔައީ އެވެ.

އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލްގައިވާ މި ރިޕޯޓުގައިވާ ގޮތުން ފެން ބޯން ޖެހޭ މިންވަރަށް ވުރެ ގިނައިން ބުއިމަކީ ވެސް ހަށިގަނޑު ވިހަވާ ކަމެކެވެ. މާނައަކީ އެމީހެއްގެ ހަށިގަނޑާ ނުބައްދަލު މިންވަރަކަށް ފެން ބުއިމުން ކުޑަ ކަމުދެވޭލެއް ގިނަވެ ކުޑަކަމުދާ އެއްޗިއްސާއެކު ހަށިގަނޑުގައިވާ ސޯޑިއަމް ފްލަޝް ވެގެން ގޮސް އެމީހެއްގެ ހަށީގަނޑުގައި ހުންނަން ވާ ވަރަށް ވުރެ ސޯޑިއަމް މާ ބޮޑަށް މަދުވަނީ އެވެ.
ލޫކް އަށް ވެސް ވީ މިހެންނެވެ. ސޯޑިއަމް މަދުވުމުގެ ލޫކް ފާޚާނާތެރެއަށް ޚަބަރު ހުސްވެގެން ވެއްޓުނީ އެވެ. ނަސީބަކުން އެ ވަގުތަކީ އޭނާގެ އަންހެނުން ގޭގައި އުޅޭ ވަގުތަކަށް ވާތީ ވަގުތުން އެމްބިއުލެންސްގައި އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮއްސަ އެވެ.

"އޭނަ ބަލިވެ އުޅޭތާ ހަފުތާއެއްހާ ދުވަސްވެއްޖެ. ޑޮކްޓަރަށް ދެއްކުމުން ތަންކޮޅެއް ގިނައިން ދިޔާ އެއްޗެހި ބޯށޭ ބުނީ. ދެން އެއް ދުވަހު އޭނާ ފާޚާނާގައި އުޅެނިކޮށް އެއްޗެއް ވެއްޓުނު އަޑު އިވެގެން ދިޔައިރު އޮތީ ފާޚާނާތެރެއަށް ވެއްޓިފަ. ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރުން ބުނި ސޯޑިއަމް ލެވެލް ދަށްވެގެން ވީކަމެކޭ. އެއީ މާ ގިނައިން ފެން ބުއިމުން ދިމާވާ ކަމެކޭ ވެސް ބުނި،" ލޫކްގެ އަންހެނުން ލޯރާ ބުނެފައި ވެއެވެ.

ލޫކް ބެލި ޑޮކްޓަރުން ބުނި ގޮތުގައި މާ ގިނައިން ފެން ބުއިމުގެ ސަބަބުން ލޫކްގެ ސިކުނޑި ވެސް ވަނީ ދުޅަވެފަ އެވެ. އެހެންވެ 2-3 ދުވަހު އައިސީޔޫގައި ބާއްވަން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ނަސީބަކުން ލޫކްގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް މިއީ މިގޮތަށް ފެން ބޯން ވިސްނާ ހަމަ ކޮންމެ މީހަކަވެސް ވަރަށް އިބުރަތްތެރި ހާދިސާ އެކެވެ.