ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ހާލު ރަނގަޅު: އާއިލާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ހާލުކޮޅު ރަނގަވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު، މުއިއްޒުގެ އަނބިކަނބަލުން މިއަދު އަވަސް ވިދާޅުވީ އެޑްމިޓްކޮށް ފަރުވާ ހޯއްދަވަމުން ގެންދެވި ނަމަވެސް ފިރިކަލުންގެ ހާލުކޮޅު މިހާރު ވަރަށް ބޮޑު ތަނުން ރަނގަޅު ވަމުން އަންނަ ކަމަށެވެ.

އަދި ވިދާޅުވީ މުއިއްޒުގެ ހާލުކޮޅު ރަނގަޅުވަމުން އަންނާތީ ވަރަށް އަވަހަށް ގެއަށް ދޫކޮށްލައްވާނެ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.

އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒުގެ ހާލުކޮޅު ދެރަވެ ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.