އެކްސިޑެންޓް

ފޭސް ދޭއެއްގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލެ ފޭސް ދޭއެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއެއްގައި ނިރޮޅުމަގާވީ ދިމާއިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެެއް ހޮޅިދަނޑިއެއްގައި ޖެހި ކޮންޓްރޯލްނުވެ ގޮސް ޕާކްކޮށްފައި އޮއް ކާރެއްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓްގައި ދެ ކާރަށްވެސް ވަނީ އެކި ވަރުގެ ގެއްލުންވެފައެވެ. އެކްސިޑެންޓްވީ ކާރު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ އަތުގައި ލައިސަންސް ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.