މިފްކޯ

އާ އަހަރާ ދިމާކޮށް ފަސްމީރު މަސްދަޅު އަގުހެޔޮ ކޮށްފި

މިފްކޯގެ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ އަގުހެޔޮ ކޮށްފި އެވެ.

މި ބަދަލާއެކު ފެން މަސްދަޅެއްގެ އަގު 12.50 ރުފިޔާއިން 11.25 ރުފިޔާއަށް، ވަނީ ބަދަލުވެފަ އެވެ. އަދި 13.50 ރުފިޔާއަށް މިހާރު ވިއްކާ ތެޔޮ މަސްދަޅުގެ އަގު ވަނީ 12.25 ރުފިޔާއަށް ވަނީ އަގުހެޔޮކޮށްފަ އެވެ. އެހެން ކަމުން ފެންމަސްދަޅު ކޭހެއް 530 ރުފިޔާއަށް މިހާރު ލިބޭނެއެވެ. އެއީ ކުރިން ފެންމަސްދަޅު ކޭހެއް ވިއްކި 595 ރުފިޔާއަށްވުރެ 65 ރުފިޔާގެ ހެޔޮވުމެވެ. އަދި މިހާރު ތެޔޮ މަސްދަޅު ކޭހެއް 575 ރުފިޔާއަށް ލިބޭނެ އެވެ. މީގެ ކުރިން ތެޔޮމަސްދަޅު ކޭހެއް ވިއްކީ 640 ރުފިޔާއަށެވެ.

އާ އަހަރާ ދިމާކޮށް މިފްކޯގެ ފަސްމީރު ބްރޭންޑްގެ މަސްދަޅުގެ އަގުހެޔޮފައިވާއިރު ހޯލްސޭލް ކަސްޓަމަރުންނަށްވެސް ހާއްސަ އަގެއްގައި މަސްދަޅު ކޭސް ގަންނަން ލިބޭނެ އެވެ. މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރައަކުންވެސް އެ އަގުތަކުގައި މަސްދަޅު ލިބެން ހުންނާނެ ކަމަށެވެ.