ކާނާ

ކެރެމަލް ކަސްޓަޑް ޕުޑިން

Oct 24, 2015

ކެރެމަލް ކަސްޓަޑް ޕުޑިން އަކީ މީރު އެއްޗެކެވެ. މިޕުޑިން ގިނައިން ތައްޔާރުކުރާނީ ކައްކާފައި ހުންނަ ކަސްޓަޑުން ބައެއް ބާކީ ވީމާ އެ ކަސްޓަޑް ބޭނުންކޮށްގެންނެވެ.

ބޭނުންވާނެ ތަކެތި:

2 / 1 ދަޅުގެރިކިރު ( ކަސްޓަޑް ކައްކާއިރުއަޅަން)
6 ބިސް
1 ޖޯޑު ކަސްޓަޑް
4 / 3 ޖޯޑުހަކުރު
3 ސައިސަމުސާ ވެނީލާ އެސެންސް
3 ޖޯޑުފެން
1 ޖޯޑު ހިކިމޭބިސްކަދުރު
1 ދަޅުގެ ރިކިރު

ތައްޔާރު ކުރުން:

ކަސްޓަޑް ކޮޅު 3 ޖޯޑުފެނުގައި ގިރާލާފައި ކައްކަން އުދާލާށެވެ. މަޑުގިނީގައި ދޭފަތުންހަލަމުން ކައްކާށެވެ. ދެން 4 / 3 ޖޯޑު ހަކުރާއި 2 / 1 ދަޅުގެރިކިރު އަޅާފައި ރޯފިލަންދެން ކައްކާލާފައި އުނދުންމަތިން ބާލާފައި ބަހައްޓާށެވެ. ދެން ގެރިކިރާއި (1 ދަޅުގެރިކިރު) ބިސް ، އެސެންސް2 /1 ޖޯޑުފެން އެއްކޮށްފައި މިކްސްރުން ގިރާލާށެވެ. ކައްކާފައިހުރި ކަސްޓަރޑް ( ހިހޫވީމާ) ގިރާފައިހުރި ބިހާއި އެއްކޮށް ރަނގަޅަށް ގިރާލުމަށްފަހު މޭބިސްކަދުރުވެސް އެއްކޮށްފައި ޓްރޭއަށް ހަކުރުކޮޅެއް އަޅާލާފައި އުނދުނ މައްޗަށް އުދާލާފައި ހަކުރުކޮޅު ބްރައުންވީމާ އަޅާލާށެވެ. ދެން އާވިން ކައްކާލާށެވެ. ނުވަތަ އަވަނުން ފިހެލާށެވެ.