ރިޕޯޓް

އުކާލާ ޕްލާސްޓިކް މަނާކުރުން: މުހިންމު ފިޔަވަޅެއްގެ ފެށުން

ދިރާގު ކޮތަޅެއް ހިފައިގެން މީހަކު ވިޔަފާރި ކުރަނީ
33.3%
66.7%
0%

އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕުލާސްޓިކު މަރުހަލާ ތަކަކަށް ބަހާލައިގެން ރާއްޖެއަށް އެތެރެ ކުރަން މަނާ ކުރަން ނިންމުންވީ އަހަރު ނިމެމުން އަންނަނިކޮށް ލިބުނު އުފާވެރި ހަބަރަކަށެވެ. ސަބަބަކީ މީގެ ސަބަބުން ރާއްޖެ އަށް ލިބެމުންދާ ގެއްލުން އިންތިހާ އަށް ބޮޑުވުމެވެ. އެއް ފަހަރު ބޭންކޮށްފަ އުކާލާ ކުނި ތިމާވެށީގެ ސައިކަލްގެ ތެރެއަށް ވަދެ، އެ އިންސާނާ ހަށިގަނޑާ ހަމަ އަށް ފޯރާކަމީ މުޖައްރިބު ހަގީގަތެއްކަން ސައިންސުން ޔަގީންކޮށްދޭ ކަމެވެ. މީގެ އިތުރުން މިފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާނުލެވިއްޖެ ނަމަ، އަހަރުމެންގެ ވަށައިގެން މިވާ ކަނޑުތަކާ ފަރުތަކަށް އޭގެ ސަބަބުން ނުހަނު ނޭދެވޭ އަސަރު ކުރެ އެވެ. މީގެ ގެއްލުން ސިއްހީ ގޮތުން ބޮޑުވުމުގެ އިތުރުން އިގްތިސޯދީ ގޮތުންވެސް ބޮޑެވެ.

ސަރުކާރުން މި ފިޔަވަޅު އެޅި ސަބަބަކީމި އެވެ. އެކަމަކު ސަރުކާރުން މި ފިޔަވަޅާ ހަމަ އަށް އައިސްފައިވަނީ ގިނަ ބައެއްގެ މަސައްކަތުންނެވެ. މީގެތެރޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ކުންފުނިތައް ވެސް ހިމެނެ އެވެ. މި ފަރާތް ތަކުން ވަނީ ތިމާވެއްޓަށް ހޭލުންތެރި ކުރުވަން އަހަރު ތަކެއް ވަންދަން މަސައްކަތް ތަކެއް ކޮށްފަ އެވެ. ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުގެ ވާހަކަ ދައްކާފަ އެވެ. އުކާލާ ފުޅީގެ މަންޒަރުތައް ދައްކާފަ އެވެ.

ޕާލޭ މޯލްޑިވްސް ފަދަ ގިނަ ޖަމިއްޔާ ތަކުން ކުރި މަސައްކަތް ފާހަގަ ކޮށްލެވެ އެވެ. ޕާލޭއިން ކޮންމެ އަހަރަކު އެތަށް ސަތޭކަ ޓަނެއްގެ ޕްލާސްޓިކް ހޮވައިގެން ރާއްޖޭން ބޭރު ކުރި އެވެ. މިކަންވީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތް ތަކަށް ލިބުނު ހިތް ވަރަކަށެވެ. އަދި ދެހާސް ސޯޅަ ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގާއި ޕާލޭ މޯލްޑްވިސް ގުޅިގެން ފެށި "ފޯ ދި އޯޝަންސް" ކެމްޕެއިންގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރު އަޅާ އަދި ރީ-ޔޫސަބަލް ކޮތަޅު ބޭނުން ކުރުން އާދައަކަށް ހެދުމަށް ގޮވައިލި ގޮވައިލުން ފާހަގަ ކުރެވެ އެވެ.

މި ކެމްޕޭންގެ އިތުރުން، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ދިރާގު ފަދަ ކުންފުނި ތަކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަނީ އެކި ގޮތްގޮތުން ތިމާވެށީގެ މެސެޖުތައް ދީފަ އެވެ. ދިރާގުން ވަނީ ޕްލާސްޓިކް ކޮތަޅު ގިނަ އަދަދަކަށް ބޭނުން ކުރާ ފިހާރަތަކަށާއި ސްކޫލްތަކުގެ އިތުރުން ރާއްޖޭގެ ސްކޫލްތަކާއި އެ ކުންފުނީގެ ހެޑް އޮފީހަށް ވަންނަ ކޮންމެ ކަސްޓަމަރަކަށް މިދިޔަ އަހަރު މި ކޮތަޅު ހިލޭ ބަހާފައިވެ އެވެ. ތިމާވެއްޓަށް ލޯބި ކުރާ ކުނި މަދުކުރަން މަސައްކަތް ކުރާ ގިނަ ބަޔަކު މީގެ ސަބަބުން އުފާ ކުރި އެވެ. އެހެންވެ މި ކޮތަޅުތަކުގެ ބޭނުން މިހާރު ގިނަ ބަޔަކު ހިފަ އެވެ. ކުރިން ޕްލާޓިކް ކޮތަޅަށް ނޫނީ އެއްޗެއް ނޭޅޭ ގިނަ ބައެއްގެ ސައިކަލުގެ މަޑި ދަށުގައި މިހާރު ރީޔޫސަބަލް ކޮތަޅު ހުރެ އެވެ. އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ކޮތަޅު މަނާ ކުރުމުގެ ލަނޑުދަނޑި ހާސިލް ކުރަން ރާއްޖެ ދަތުރު ކުރަމުންދާއިރު މިހާރު ގިނަ ބަޔަކު މި ބޭނުން ކުރެވެ އެވެ.

މިވަރުން ނުނިމެ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ކަލަންޑަރުގެ "12 މަސް" ހާއްސަކޮށްފައި އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ބާވަތްތަކުގެ މައްސަލަ އަށް ހޭލުންތެރި ކުރުވާށެވެ. މިދިޔަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފައިވަނީ ވެސް ކަނޑު ތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަަށެވެ.

ދިރާގުން މިދިޔަ އަހަރު ތައާރަފު ކުރި ކަލަންޑަރު

މިވަރުން ނުނިމެ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ކަލަންޑަރުގެ "12 މަސް" ހާއްސަކޮށްފައި އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ބާވަތްތަކުގެ މައްސަލަ އަށް ހޭލުންތެރި ކުރުވާށެވެ. މިދިޔަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފައިވަނީ ވެސް ކަނޑު ތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަަށެވެ.

ދިރާގުން އެސްޓީއޯއަށް ކޮތަޅު ހަދިޔާކޮށްފައި

މިވަރުން ނުނިމެ އެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ކަލަންޑަރުގެ "12 މަސް" ހާއްސަކޮށްފައި އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ބާވަތްތަކުގެ މައްސަލަ އަށް ހޭލުންތެރި ކުރުވާށެވެ. މިދިޔަ އަހަރު ދިރާގު ކަލަންޑަރުގެ ކޮންމެ މަހެއް ހާއްސަ ކޮށްފައިވަނީ ވެސް ކަނޑު ތަކަށް ކުނި ނޭޅުމަށް ހޭލުންތެރިކަން އިތުރުކުރުމަަށެވެ.

ރީޔަބަލް ކޮތަޅެއް ހިފައިގެން ދެ ކުދިން -- ފޮޓޯ: އަވަސް

ދެން އޮތީ އެންމެ ދަތިބައެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހުއްޓާލުމާއެކު ދެން ކުރިމަތިވާނެ މައްސަލައަކީ މިގޮތަށް ބޭނުންކުރާނެ ދެވަނަ އެއްޗެއް ނެތް ކަމަށްހީވުމެވެ. އެކަމަކު މިހާރު ވެސް މިގޮތަށް ބޭނުންކުރާނެ އެއްޗިހި ތައްޔާރު ކުރާ ދިވެހި ވިޔަފާރިތައް ހަރަކާތްތެރިވެ އެވެ. ކަރުދާސް ކޮތަޅު އުފައްދާ ޒުވާނުން އުޅެ އެވެ. ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅި ފޯރުކޮށްދޭ މީހުން އެބަތިއްބެވެ. އަދި ބަދަލާއެކު މީގެ އެތަށް ވިޔަފާރިއެއް އުފެދިގެންދާނެ އެވެ. ހަމަ ގައިމުވެސް ސަރުކާރުން އެޅި މި ފިޔަވަޅުވަނީ ރާއްޖެ ތިމާވެށި ރައްކާތެރި ކުރުމަށް ކަމެއް ފަށައިގަންނަން އެޅުނު މުހިންމު ފިޔަވަޅަކަށެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލްސ

ރަނގަޅު ފެށުމެއް. އެންމެ ބޭނުންވަނީ ރާއްޖޭގައި މި އުފައްދާ ފެން އަދި ސޮފްޓް ޑްރިންކްސް އަދި ބަންގާޅު ފިހާރަ ހެދިކާ ކޮތަޅުތަށް މަނާކުރަން

ގިޝާމް ހުސެން

އަސްލު މުހިންމު ކަމެއް..އެކަމު ވާނެބާއޭ ހިތައްމި އަރަނީ

ތއއޔޔ

ރަނގަޅު ކަމެއް

ޕްލާސްޓިކްނނ

ޕްލާސްޓިކާ ނުލާ ކިހިނެއް އުޅޭނީ

މަރިޔަމްދީ

ފުރިހަމަ ރިޕޯޓެއް..ލިޔުންތެރިޔާ އަށް ޝުކުރު ހައްގު

ޒީމާ

ފަށުވި ރީތި ލިޔުމެއް

ޕްލާސްޓިކް މަންޖެ

ތިމާވެށީގެ ލިއުންތައް މި ކުއްޖާއަށް ލިޔެވިދާނެ ކަމަށް ފެނޭ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345