ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެސްބީއައި އިން ކާޑު ލިމިޓް 100 ޑޮލަރަށް ދަށްކޮށްފި

Jan 3, 2021
2

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ ރާއްޖޭގެ ބްރާންޗުތަކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ދަށްކޮށްފި އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ އެންމެ ދުވަސްވީ އެއް ބޭންކް ކަމަށްވާ އެސްބީއައިގެ ކަސްޓަމަރުންނަށް ފޮނުވާފައިވާ އީމެއިލްއެއްގައި ބުނި ގޮތުގައި މިދިޔަ މަހުގެ 29 އިން ފެށިގެން ރާއްޖެއިން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރި މުއާމަލާތް ކުރެވޭނީ 100 ޑޮލަރަށެވެ. އެ ބޭންކް އިން މީގެ ކުރިން ވަނީ މަހެއްގެ މައްޗަށް މުއާމަލާތް ކުރެވޭ ލިމިޓް 250 ޑޮލަރަށް ހަމަޖައްސާފަ އެވެ.

ބޭންކްތަކުން މި ފިޔަވަޅު އަޅަމުން ދަނީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވަނިކޮށް، ރާއްޖޭގެ ބޭންކް ސިސްޓަމްގެ ތެރެ އަށް ޑޮލަރު ވަނުން މަދުވެފައިވާތީ ކަމަށް މާހިރުން ގަބޫލު ކުރެ އެވެ. އަދި ޓޫރިޒަމް ރަނގަޅުވީ ނަމަވެސް މި މައްސަލަ ރަނގަޅުނެ އެވެ. މި މައްސަލަ ކުރިމަތިވެ މީގެ ކުރިން ގައުމީ ބޭންކް އިން ވެސް ވަނީ ލިމިޓް ދަށްކޮށްފަ އެވެ. އެ ބޭންކް އިން ދީފައިވާ ލިމިޓަކީ މަހެއްގެ މައްޗަށް 250 ޑޮލަރެވެ. މި ފިޔަވަޅުގެ އިތުރުން ވެސް އިތުރު ގިނަ ބަދަލުތަކެއް ބީއެމްއެލް އިން ގެނެސްފައިވެ އެވެ.