ނެޝަނަލް ޕޭ ކޮމިޝަން

އިދާރީ މުވައްޒަފުންގެ މުސާރަ އޮނިގަނޑު ޕޭ ކޮމިޝަނަށް ފޮނުވައިފި

Jan 4, 2021
6

ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންގެ އޮނިގަނޑެއް އެކުލަވާލައި މުސާރަ ދޭނެ މިންވަރެެއް ފާސް ކުރަން ޕޭ ކޮމިޝަނަށް ފޮނުވައިފި އެވެ.

ރާއްޖޭގައި ސިވިލް ސާވިސްގައި 26،000 އާ ކައިރި އަދަދަކަށް މުވައްޒަފުން ހިމެނެ އެވެ. އޭގެ ތެރެއިން ގިނައީ އިދާރީ މުވައްޒަފުންނެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގެއްގައި ވާހަކފުޅު ދައްކަވަމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ސިވިލްސާވިސްގެ އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި ސްކޭލާމެދު ގޮތެއް ނިންމުމަށް ޕޭ ކޮމިޝަނަށް ފޮނިވާފައިވާނެ ކަމަށައި އެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަވަހާ އަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ސީއެސްސީން ބުނީ މީގެކުރިން ސިވިލް ސާވިސްގައި ހިމެނޭ ފަންނީ އެކި ދާއިރާތަކުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލާފައިވާކަމަށާއި، އިދާރީ މުވައްޒަފުންގެ އޮނިގަޑު އެކުލަވާލާފައިވަނީ ކެރިއާ ބޭސްޑް ނިޒާމެއްގެ ތެރޭން ކަމަށެވެ.