ސިވިލްސާވިސް ކޮމިޝަން

ހަ ގަޑިއިރަށްފަހު އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެ: ސީއެސްސީ

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް (ވ)ގައި އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
0%
0%
0%

މަސައްކަތު ހަ ގަޑިއިރަށްފަހު އިތުރުގަޑީގެ ފައިސާ ލިބޭ ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކު ހުރެގެން ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެއްޖެ އެވެ.

ސީއެސްސީގެ ރައީސް ނާސިހު މިހެން ވިދާޅުވެފައި މިވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހަ ގަޑިއިރު ކަމަށާއި އިތުރަށް މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު މަޖިލީހުގައި ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާސިހު ވިދާޅުވީ މުސާރައިގެ އާ އޮނިގަނޑުގައިވާ ގޮތުން އިތުރުގަޑި ހިނގަން ފަށާނީ އަށް ގަޑިއިރަށްފަހު ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާގައި މިހާރު ރަސްމީ ގަޑި ކަނޑައަޅާފައިވަނީ ހަ ގަޑިއިރު މަސައްކަތް ކުރަންޖެހޭ ގޮތަށް ކަމަށެވެ. ނަމަވެސް ވަޒިފާއާ ބެހޭ ގާނޫނުގައި ރަސްމީ ގަޑީގެ ގޮތުގައި އަށް ގަޑިއިރު އޮންނަކަން ފާހަގަކުރައްވާ ވިދާޅުވީ ރަސްމީ ގަޑީގެ ބޭރުން ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާ ދޭ ގޮތަށް ތައުލީމީ ދާއިރާގައި އުސޫލެއް އޮންނަ ކަމަށެވެ.

ގާނޫނުގައި އިތުރުގަޑީގެ ފައިސާ ދޭން ޖެހެނީ އަށް ގަޑިއިރުގެ ފަހުން ކުރާ މަސައްކަތަށް ކަމަށްވެފައި ތައުލީމީ ދާއިރާއަށް ހަ ގަޑިއިރުގެ ފަހުން އިތުރު ގަޑީގެ ފައިސާ ލިބޭ ގޮތެއް، ހަމައެއް އަދި އުސޫލުގެ ތަފްސީލެއް ވެސް މިނިސްޓަރު ހިއްސާކުރައްވާފައެއް ނުވެ އެވެ.

މިނިސްޓަރު ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފަކު ހަ ގަޑިއިރު ސްކޫލުގައި ހޭދަކުރާ ގޮތަށް އޮންނައިރު އެއްދަންފަޅި ސްކޫލެއްގައި އަށް ގަޑިއިރު ހޭދަކުރަންޖެހޭ ކަމަށާއި ނިޒާމު އޮތް ގޮތުން އެކަމަށް މިވަގުތު ގެނެވޭނެ ހައްލުތަކެއް ނެތް ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަނީ ހުރިހާ ސްކޫލަކަށް ވެސް އެއް ގޮތްތަކެއް ތައާރަފުކުރުމަށް ކަމުގައިވެސް ވިދާޅުވި އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910