ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަލަންޑާރާ އެއްގޮތަށް އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވާނެ

Jan 4, 2021
8

އެކަޑަމިކް ކަލަންޑަރުގައި އޮތް ގޮތަށް އަންނަ އާދީއްތަ ދުވަހު ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީން މިހެން ބުނެފައި ވަނީ ކޮވިޑް-19 އިގެ ހާލަތު އަދިވެސް ގޯސްވުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާބެހޭ ސިއްހީ އިދާރާތަކުން ބުނަމުން ދާއިރު، ސްކޫލްތައް ހުޅުވުން ފަސް ކޮށްފާނެ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮ ށެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު 2020-2021 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނެ ކަމަށެވެ.

"10 ޖެނުއަރީ 2021 ގައި ކިޔެވުން ފެށޭނީ އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އިގެ ހުރިހާ ދަރިވަރުންނަށް،" އެ އިއުލާނުގައި ބުންޏެވެ.

މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ސްކޫލުތައް އަލުން ހުޅުވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ކޮންމެ ދުވަހަކު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދު ކިޔަވައިދޭ ގޮތަށެވެ.

މިގޮތުން، ލޮކްޑައުނަށް ގެންނަންޖެހޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ބަންދުވާއިރު، މޮނިޓަރިންގެ ހާލަތުގައި ކިޔަވައިދިނުން ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންކަމަށް ކަނޑައަޅާފައިވާއިރު، ބަލި ނެތް ރަށްރަށުގައި ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން، ދެ ވަނަ ޓާމު ފަށާނީ ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24 ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެން ދާނެ އެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް މި އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓް 10 ގައި އެވެ.