ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އާދީއްތާގައި ބޭބީ ނާސަރީގެ ކިޔެވުންވެސް ފެށޭނެ

Jan 6, 2021
7

އެކަޑަމިކް ކަލަންޑަރުގައި އޮތް ގޮތަށް އަންނަ އާދީއްތަ ދުވަހު ބޭބީ ނާސަރީ އާއި ނާސަރީ ކުދިންގެ ކިޔެވުންވެސް ފެށޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ކުރިން ބުނެފައިވަނީ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު 2020-2021 ގެ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނެ ކަމަށެވެ.

އަދި ކިޔެވުން ފެށޭނީ އެލްކޭޖީއިން ފެށިގެން ގްރޭޑް 12 އިގެ ހުރިހާ ދަރިވަރުންނަށްކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ޖެނުއަރީ 10 އިން ޖޫން 24 އަށް ދެވަނަ ޓާމްގެ ކިޔެވުން ފެށިގެންދާއިރު، ބޭބީ ނާސަރީ އާއި ނާސަރީ ކުދިންގެ ކިޔެވުންވެސް ފެށޭނެ ކަމަށެވެ.

މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ސްކޫލުތައް އަލުން ހުޅުވާނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ކޮންމެ ދުވަހަކު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދު ކިޔަވައިދޭ ގޮތަށެވެ.

މިގޮތުން، ލޮކްޑައުނަށް ގެންނަންޖެހޭ ރަށްރަށުގެ ހުރިހާ ސްކޫލެއް ބަންދުވާއިރު، މޮނިޓަރިންގެ ހާލަތުގައި ކިޔަވައިދިނުން ގެންދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންކަމަށް ކަނޑައަޅާފައިވާއިރު، ބަލި ނެތް ރަށްރަށުގައި ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައިދޭނެ އެވެ.

ދިރާސީ ކަލަންޑަރުގައިވާ ގޮތުން، ދެ ވަނަ ޓާމު ފަށާނީ ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24 ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެން ދާނެ އެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް މި އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓް 10 ގައި އެވެ.