ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާއާ އޮމާނާއެކު އެއާބަބްލް އެއްބަސްވުން ދެމި އޮންނާނެ

އިންޑިއާ އިން އޮމާނާއެކު ގާއިމު ކޮށްފައިވާ އެއާ ބަބްލް އެއްބަސްވުން ދެމި އޮންނާނެ ކަމަށް އޮމާންގައި ހުންން އިންޑިއާ އެމްބަސީން ބުނެފި އެވެ.

އެެމްބަސީން މިގޮތަށް ބަޔާނެއް ނެރެން ޖެހުނީ އިންޓަނޭޝަނަލް ކޮމާޝަލް ފްލައިޓްތައް އިންޑިއާއަށް ދަތުރު ކުރުން މަނާ ކޮށްފައި އޮތް އޮތުން ޖެނުއަރީ 31، 2021 އަށް، އިންޑިއާގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަންއިން ދިގު ދަންމާލުމުންނެވެ.

އެމްބަސީގެ ބަޔާނުގައި ބުނަނީ ކޮވިޑަށް ހާއްސަ ފްލައިޓްތައް ސިވިލް އޭވިއޭޝަންގެ އަމުރުން އިސްތިސްނާ ވާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޓަނޭޝަލް ކާގޯ ފްލައިޓްތަކާއި އެއާ ބަބްލްގައި ހިމެނޭ މަންޒިލްތަކަށް ދަތުރުކުރާ ފްލައިޓްތައް ހިމެނޭ ކަމަށެވެ.

އޮމާނަށް އިންޑިއާގެ "ގޯ އެއާ" އާއި "ސްޕައިސް ޖެޓް" ވެސް ދަތުރުކުރެ އެވެ. އެހެން ނަމަވެސް އެއާ ބަބްލް އެއްބަސްވުމަށް އަމަލު ކުރާތީ މިދެ އެއާލައިންނަށް އޮމާން މި ވަގުތު އޮތީ ބަންދުވެފަ އެވެ.

އޮމާނަށާއި އިންޑިއާއަށް ދަތުރު ކުރަން ހުއްދަ އޮތީ، އޮމާންގެ "އޮމާން އެއާ" އާއި "ސަލާމް އެއާ" އަދި އިންޑިއާގެ "އެއާ އިންޑިއާ" އާއި "އެއާ އިންޑިއާ އެކްސްޕްރެސް" އަށް ކަމަށް ބަޔާނުގައި ބުނެ އެވެ.

އިންޑިއާ އާއި އޮމާނާ ދެމެދު އެއާބަ ބްލް އެއްބަސްވުމަށް އަމަލު ކުރަން ފެށީ މިދިއަ އޮކްޓޯބަރު އެކެއްގަ އެވެ. އަދި ނޮވެމްބަރު އެކަކަށް މުއްދަތު ހަމަވާ ގޮތަށް އޮތް ނަމަވެސް މިހާރު އެވަނީ މުއްދަތު އިތުރު ކޮށްފަ އެވެ.