ލައިފްސްޓައިލް

އުނގުޅަނީ ހަންގަނޑާ އެންމެ ގުޅޭ ފައުންޑޭޝަންތަ؟

Dec 8, 2015
1

މޫނުގައި ހުންނަ އައިބުތައް ފޮރުވައި ރީތިކަމަށް ދެއްކުމަށް މޭކަޕްކުރާ މީހުން އަހަރެމެންގެ ތެރޭގައި ގިނަ އެވެ. މާގަދައަށް މޭކަޕް ނުކުރުކަމުގައި ވިޔަސް ކޮންމެ އަންހެނަކީ ވެސް ކޮންމެވެސް ވަރެއްގެ މޭކަޕެއް ކުރާނެ މީހެއްކަން ޔަގީނެވެ. އެއީ ހަމައެކަނި ފައުންޑޭޝަން ކޮޅެއް އުނގުޅާލުން ނުވަތަ ލޮލުގައި އަނދުން ކޮޅެއް އަޅާލައި ލިޕްސްޓިކް ކޮޅެއް ޖައްސަލުން ކަމަށް ވިޔަސް، މިއީ ރިތި ސިފައެއްގައި ހުރުމަށް ކުރާ ކަންތައްތަކެވެ.

މިޒަމާނުގައި ކޮންމެ އަންހެނަކީ ވެސް ޒީނަތްތެރިވުމަށް ފައުންޑޭޝަން އުނގުޅާނެ މީހެކެވެ. ބާޒާރުގައި އެކި ބްރޭންޑްތަކުގެ އަދި އެކި ވައްތަރުގެ ފައުންޑޭޝަން ލިބެން ހުންނައިރު، ހަމުގެ ކުލައާއި ނުގުޅޭ ފައުންޑޭޝަނެއް ގަނެވުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

މޫނުގެ ކުލައާއި ގައިގެ ހަމުގެ ކުލަ ތަފާތުކޮށް ހުރުމަކީ ރީތިކަމަށް ނުވާއިރު، މިފަދަ ގޮސްތަކުން ތިމާގެ ރީތިކަމަށް އެޅޭ ހުރަސްތައް ދެނެގަންނަން ޖެހެ އެވެ.

މޫނައި ގުޅޭ ކުލައެއްގެ ފައުންޑޭޝަން ގަތުމުގެ ކުރިން، އެންމެފުރަތަމަ ދެނެ ގަންނަން ޖެހޭނީ ތިމާގެ ހަންގަނޑަކީ ކޮން ކަހަލަ ހަންގަނޑެއް ތޯ އެވެ.

ކޮންމެ ހަންގަނޑަކާއި ކްރީމް، މޫސް ނުވަތަ ޑްރައި ފައުންޑޭޝަނެއް ނުގުޅޭނެ އެވެ. އެހެންކަމުން ހަންގަނޑުގެ ކުލައާއި ހަންގަނޑުގެ ވައްތަރާއި ގުޅޭ ފައުންޑޭޝަން އެއް ހޯދުމަށް މުޅި ބަޒާރުގައި އަތްފުނާ އެޅުމުގެ ކުރިން އެނގެންޖެހޭ ކަންތައްތައް އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ ތިމާގެ ހަންގަނޑާއި ގުޅޭ ވައްތަރެއްގެ ފައުންޑޭޝަނެއް ހޯދުމެވެ.

މިލިޔުމުގައި ބަލައިލާނީ އެކިވައްތަރުގެ ހަންގަނޑާއި، އެހަންގަނޑަކާއި އެންމެ ގުޅޭނެ ވައްތަރުގެ ފައުންޑޭޝަނެވެ.

ހަންގަނޑުގެ ވައްތަރު ދެނެގަތުން

ނޯމަލް ސްކިން

މިވައްތަރުގެ ހަންގަނޑު ހުންނަ މީހުންގެ މޫނު އޮމާންވެފައި ރީތިވާނެ އެވެ. ހަންގަނޑު މާ ތެޔޮ ކަމަށް ނުނީ މާބޮޑަށް ޑްރައި ކަމަކަށް ނުދައްކާނެ އެވެ. އެހެންކަމުން މިވއްތަރުގެ ހަންގަނޑާއި އެންމެ ގުޅޭނީ ލިކުއިޑް ނުވަތަ ލޯޝަން ގޮތަށް ހުންނަ ފައުންޑޭޝަނެވެ.

އޮއިލީ ސްކިން

މިގޮތަށް މޫނުގެ ހަންގަނޑު ހުންނަ މީހުން މޫނު ހުންނާނީ ތެޔޮ ބޮތްކެއްހެން ދިއްލިފަ އެވެ. މިފަދަ މީހުންގެ މޫނުގައި ބިހިނަގާލެއް ގިނަކަން ފާހަގަކޮށްލަން ޖެހ އެވެ. ތިއީ ތިޔޮ މޫނެއްގެ ވެރިއެއްނަމަ، މޫނުގައ އުނގުޅަން އެންމެ ރަނގަޅީ ދިޔާ ފައުންޑޭޝަނެވެ. ސަބަބަކީ ލިކުއިޑް ފައުންޑޭޝަން ގިނައިރު މޫނުގައި ހުންނާތީވެ އެވެ. އަދި މޫނު ތެޔޮގަނޑަކަށް ވެފައި ހުންނަ ގޮތެއްވެސް ނުދައްކާނެ އެވެ.

ޑްރައި ސްކިން

މޫނުގެ ހަންގަނޑު ހިކި ކޮށް ނުވަތަ ޑްރައިކޮށް ހުންނަ ނަމަ މޫނުމަތިން އެއްވެސް ތާޒާކަމަކަށް ނުދައްކާނެ އެވެ. އެހެންކަމުން ޑްރއި ސްކިން ހުންނަ މީހުން އެންމެ ރަނގަޅީ ކްރީމް ފައުންޑޭޝަން އުނގުޅުމެވެ. އޭރުން މޫނުގެ ހަންގަނޑުގައި ކުޑަ ތެތްކަމެއް ހުންނާނެ އެވެ. ބާޒާރުން ފަސޭހައިން ކޮމްޕެކްޓް ފައުންޑޭޝަން ނުވަތަ ސްޓިކް ފައުންޑޭޝަން ލިބެން ހުރި ނަމަވެސް ތިމާގެ މޫނުގެ ހަންގަނޑު ޑްރައި ނަމަ، މިކަހަލަ ފައުންޑޭޝަންތަކާއި ދުރުހެލިވާށެވެ.

ޓިންޓެޑް މޮއިސްޓަރައިޒިން ފައުންޑޭޝަން

ޑަސްކީ ހަންގަނޑު

ޝިއާ ފައުންޑޭޝަނާއި ކޮންސީލާއަކީ މިކުލައިގައި ހަންގަނޑު ތިބޭ މީހުންނަށް ކޮންމެހެން ވެސް ބޭނުން އެއްޗެކެވެ. ލޯކައިރީގައި ކަޅުވެފައި ހުންނަ ހުރުމާއި ހަންގަނޑުގައި ހުންނަ ލަތްތައް ފިލުވާލުމަށް އެންމެ ފުރަތަމަ އެތަންތަނުގައި ރަނގަޅު ކޮންސީލާއެއް ހާކާލަން ޖެހޭނެ އެވެ.

ފައުންޑޭޝަން އުނގުޅާއިރު މޫނު ހުދުވާވަރަށް ފައުންޑޭޝަން އުނގުޅުމުގެ ބަދަލުގައި ވީހާވެސް މަދުން ތުނިކޮށް އުނގުޅުން.

ފައުނޑޭޝަން މޫނުގައި އުނގުޅުމުގެ ކުރިން އަތްތިލައަށް އެތިކޮޅެއް އެޅުމަށްފަހު ފެންތިއްކެއް އަޅައި ކުޑަކޮށް ދިޔާކޮށްލާށެވެ.

މޫނުގައި އުނގުޅި ފައުންޑޭޝަން ގިނައިރު ވަންދެން މޫނުގައި ބެހެއްޓުމަށް ފައުންޑޭޝަންގެ މަތިން ފުށްޖަހާށެވެ. ފުށްޖަހާއިރު މާގަނޑަކުން ޖެހުމުގެ ބަދަލުގައި ބްރަޝްއަކުން އުނގުޅާށެވެ.

ޑަސްކީ ހަންގަނޑުތަކާއި އެންމެ ގުޅޭނީ ލިކުއިޑް ފައުންޑޭޝަން ކަމުން، ހަންގަނޑާއު ގުޅޭ ކުލައެއްގ ފައުންޑޭޝަން އެއް ހިޔާރުުކުރުން މުހިންމެވެ. އެގޮތުން ވީހާވެސް ހަމުގެ ކުލއިގެ ފައުންޑޭޝަން އެއް ގަތުމަށް އިސްކުރާށެވެ. މޫނު މާބޮޑަށް ހުދުވެފައި ގައިގެ ހަންގަނޑު ކަޅުކަމަށް ދައްކާނަމަ ރީއްޗެއް ނުވާނެ އެވެ.

ދޮން ހަންގަނޑު

- ޔެލޯ ޕިގްމެންޓްސް ހުންނަ ކޮންސީލާ އާއި ފައުންޑޭޗަން ބޭނުންކުރުން

- ބޭނުންކުރާ ފައުންޑޭޝަނަކީ މަޑު ބްރައުންކުލައިގެ ޝޭޑްސްތަކަށް ވުން

- ފިޔާތޮށިކުލައަށް ދާ ކުލަތަކުގެ ފައުންޑޭޝަން ބޭނުން ނުކުރުން. މިކުލަތަކުގެ ފައުންޑޭޝަނުން މޫނުގެ ކުލަ އަޅިކުލަ ކަމަށް ދައްކާނެ

- ކޮމްޕެކްޓް ޕައުޑާ ނުވަތަ ފުށެއް ފައުންޑޭޝަން އުނގުޅުމަށްފަހު ބޭނުންކުރަން ހަނދާންކުރާށެވެ. އެއިރުން މޫނުމަތި އޮމާންކަމަށް ދައްކާނެ އެވެ.

3. ފައުންޑޭޝަންގެ ވައްތަރުތައް

ކްރީމް ފައުންޑޭޝަން

- އާދައިގެ ހަންގަނޑު ނުވަތަ ޑްރައި ހަންގަނޑު ހުންނަ މީހުންނާއި ގުޅޭނެ.

- މޫނުގައި ލަތްތަށް ހުންނަ ނަމަ ތަންކޮޅެއް ބޯ ލޭޔާއެއް މި ވައްތަރު ފައުންޑޭޝަންގެ އުނގުޅޭނެ

ލިކުއިޑް ފައުންޑޭޝަން

- ހުރިހާ ވައްތަރެއްގެ ހަންގަނޑާއި މިވައްތަރު ފައުންޑޭޝަން ގުޅޭނެ

- ލިކުއިޑް ފައުންޑޭޝަން މޫނުގެ ހަންގަނޑު މަޑުކޮށް ދިނުމުގެ އިތުރަށް ފަސޭހައިން މޫނުގެ ހުރިހާ ހިސާބެއްގައި އެއްވަރަކަށް އުންގުޅާލެވޭނެ އެވެ.

ޕްރެސްޑް ޕައުޑާ ފައުންޑޭޝަން

- މިވައްތަރު ފައުންޑޭޝަން އެންމެ ގުޅޭނީ އޮއިލީ ސްކިން އާ

- ތެޔޮކޮށް ހުންނަ މޫނުތަކުގައި މިވައްތަރު ފައުންޑޭޝަން އުނގުޅުމުން މޫނުގައި ހުންނަ ތެޔޮކަން ކުޑަކަމަށް ދައްކާނެ

- މިފައުންޑޭޝަންމޫނުގައި އުނގުޅަން އެންމެ ރަނގަޅީ ޕައުޑާ ބްރަޝް އަކުން.

މިނަރަލް ފައުންޑޭޝަން

- ތެޔޮކޮށް ހުންނަ ނޫން ހުރިހާ ވައްތަރެއްގެ މޫނާއި މިވައްތަރު ފައުންޑޭޝަން ގުޅޭނެ އެވެ. ނަމަވެސް އެންމެ ބޮޑަށް ގުޅޭނީ ސެންސިޓިވް ސްކިން ހުންނަ މީހުންނާ އެވެ.
- މިވައްތަރުގެ ފައުންޑޭޝަންއިން މޫނުގެ ހަންގަނޑު މަޑުކުރުމުގެ އިތުރަށް އަވިން ރައްކާތެރިކުރުމުގެ އިތުރުން ހަންގަނޑުގައި ހުންނަ ތެޔޮކަންވެސް ކުޑަކޮށްދެ އެވެ.
- މިފައުންޑޭޝަންމޫނުގައި އުނގުޅަން އެންމެ ރަނގަޅީ ޕައުޑާ ބްރަޝް އަކުން.

ޓިންޓެޑް މޮއިސްޓަރައިޒިން ފައުންޑޭޝަން

- ނޯމަލް ސްކިން އާއ ޑްރައި ސްކިން އާ ގުޅޭނެ
- މިވައްތަރު ފައުންޑޭޝަން ބޭނުންކުރަން އެންމެ ރަނގަޅީ ހަންގަނޑު ހިކިކަމުން ކުޑަކޮށް ތެތްކުރަން ބޭނުންވާ ނަމަ އެވެ.

އަބަދުވެސް މޫނުގައި ފައުންޑޭޝަން އުނގުޅާއިރު ބަލަންޖެހޭ ކަމަކީ ގިނައިން އުނގުޅުމުގެ ބަދަލުގައި ވީހާވެސް މަދުން އުނގުޅައި، ނެޓުރަލް ގޮތެއްގައި މޫނު ބެހެއްޓުމެވެ. އަދި ހަންގަނޑާއި އެންމެ ގުޅޭ ފައުންޑޭޝަން އެއް ހޯދާއިރު، ފިހާރަތަކުގައި ވިއްކަން ހުންނަ ފައުންޑޭޝަން ޓެސްޓާ އަތުގައި ޓެސްޓް ނުކުރާށެވެ. މިއީ ގިނަ އަންހެނުންކުރާ ކަމެއް ނަމަވެސް މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެންމެ ރަނގަޅީ ހަމަ މޫނުގެ ކޮންމެވެސް ހިސާބެއްގައި އުނގުޅާލުމެވެ. ސަބަބަކީ ގިނަފަހަރަށް މޫނުގެ ކުލައާއި އަތުގެ ކުލަ ދިމާނުވެއްޖެނަމަ މޫނާއި ނުގުޅޭ ފައުންޑޭޝަންއެއް ބޭނުންކުރެވުމެވެ.