އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލުގައި، ބުރެންޑްފޯޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޓޮޓެންހަމް ހޮޓްސްޕާސް މުބާރާަތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން، ޓޮޓެންހަމްގެ ކޯޗް ހޯޒެ މޮރީނިއޯ ބުނީ، ތަށްޓެއް ހޯދުމުގެ ރޫހު ކުޅުންތެރިންގެ ކިބައިގައި ހުރިކަން ފެނިގެން ހިނގައްޖެ ކަމަށެވެ.
އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ކުލަބު ބްރެންޓްފޯޑަކީ އެ ކުލަބުގެ 132 އަހަރުވީ ތާރީހްހައި ބޮޑު ފައިނަލެއްގައި ކުޅުނު ޓީމެއް ނޫނެވެ. އެހެންނަމަވެސް ދެ ވަނަ ހާފުގައި އެ ޓީމުން ޓޮޓެންހަމް އަށް އުނދަގޫ ކުރިމަތިކޮށް ނަތީޖާ ބަދަލު ކޮށްލަފާނެ ކަމަށް ވެސް ހީކުރެވުނެވެ.
ދެ ވަނަ ހާފުގައި އެ ޓީމުގެ އީވާން ޓޮނީ ފޮނުވާލި ބޯޅަ ގޯލަށް ވަނެވެ. އެހެންނަމަވެސް އެ ލަނޑު ބަލައި ނުގަތީ އޮފްސައިޑް މަޅީގައި ޖެހުމުންނެވެ.
ޓޮޓެންހްމަގެ ލަނޑު މެޗުގެ ކުރީ ކޮޅުގައި މޫސާ ސިސޯކޯ ކާމިޔާބު ކުރީ ސާޖިއޯ ރެގިއޯން ނަގައިދިން ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.
ދެ ވަނަ ހާފުގައި ބްރެންޑްފޯޑުން ގަދައަށް ވިއްދާލުމުން، ޕްރެޝަރުގައި ތިބި ޓޮޓެންހަމް އަށް ހަމަޖެހުމެއް ލިބުނީ މެޗުގެ 70 ވަނަ މިނެޓްގައި ސަން ހިއުންގް މިން ލަނޑު ކާމިޔާބު ކުރުމުންނެވެ.
މި މޮޅާއެކު، ޓޮޓެންހަމް އަށް ވަނީ 2019 އަހަރުގެ ގެ ފަހުން އެންފީލްޑަށް ދިއުމުގެ ފުރުސަތު ތަނަވަސް ވެފަ އެވެ. އޭގެ ކުރިން ތިން އަހަރު ވަންދެން އެ ޓީމުގެ ވަގުތީ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ވެމްބްލީ ބޭނުން ކުރީ ކުރީގެ ސްޓޭޑިއަމް ވައިޓްހާޓް ލޭން ތަޅާލައި އާ ސްޓޭޑިއަމް ބިނާ ކުރެވެންދެންނެވެ. މިހާރުގެ ހޯމް ސްޓޭޑިއަމް ހުޅުވީ އޭޕްރީލް 2019 ގަ އެވެ.
މި މޮޅާއެކު މޮރީނިއޯ އަށް ވަނީ، ޔުނައިޓެޑްގެ ކުރީގެ ކޯޗް އެލްކްސް ފާގަސަން އަދި ނޮޓިންހަމް ފޮރެސްޓްގެ ކުރިގެ ކޯޗް ބްރަޔަން ކްލާކް ހެދި ރެކޯޑް މުގުރާލުމުގެ ފުރުސަތު ލިބިފަ އެވެ. އެ ދެ ކޯޗުން ވަނީ ލީގް ކަޕް ހަތަރު ފަހަރު ހޯދާފަ އެވެ. މޮރީނިއޯވެސް ވަނީ ހަތަރު ފަހަރު އެ ތަށި ހޯދާފަ އެވެ. އެއީ ޗެލްސީގައި، 2005، 2007 އަދި 2015 އެވެ. މެންޗެސްޓާ ޔުނައިޓެޑްގައި 2017 އެވެ.
ސްޕާސް އެންމެ ފަހުން ހޯދި ތަށްޓަކީ ވެސް ލީގް ކަޕެވެ. ވާން ރާމޯސްގެ ކޯޗް ކަމުގެ ދަށުން 2008 ވަނަ އަހަރު ސްޕާސް އެ މުބާރާތް ކާމިޔާބު ކުރީ އެކްސްޓްރާ ޓައިމްގައި ޗެލްސީ ބަލި ކުރުމަށް ފަހު އެވެ.