ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޑަބްލިޔޫއެޗްއޯއިން ޗައިނާއަށް ފޮނުވި ރިސާޗް ޓީމް ކޮބާ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވާ ގޮތުގައި އެ ޖަމާއަތުގެ ރިސާޗް ސައިންސްވެރިންނަށް އަދި ވެސް ޗައިނާއަށް ނުވަދެވެ އެވެ. އޭނާ ވިދާޅުވީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އުންމީދަކީ އެމީހުންނަށް ދެން އިތުރު ކަމެއް މެދުވެރި ނުވެ، ޗައިނާއަށް ވަދެވުން ކަމަށެވެ.

ޓެޑްރޮސް ވިދާޅުވީ އިންޓަނޭޝަނަލް ސައިންޓިފިކް ޓީމް ޗައިނާއަށް ފޮނުވީ ކުރިއާލައި ޗައިނާގެ ޚާރިޖިއްޔާއާ ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވުމުން ކަމަށެވެ.

"އެކަމަކު ޗައިނާ އޮފިޝަލުން މިހާރު ވިދާޅުވަނީ އެމީހުންގެ ވިސާގައި މައްސަލަ އުޅޭ ކަމަށް،" ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ޓެޑްރޮސް ވިދާޅުވި އެވެ. "އަޅުގަނޑަކަަށް ނޭނގޭ ދިގު ދަންމަނީ ކީއްވެކަމެއް"

ޓެޑްރޮސް ވިދާޅުވި ގޮތުގައި ޑަބްލިޔޫއެޗްއޯއިން ރިސާޗް ޓީމެއް ޗައިނާއަށް ފޮނުވީ ވަރަށް މުހިންމު ބޭނުމެއްގަ އެވެ. އެއީ ޔޫއެން ހެލްތު އޭޖެންސީއަށް ކޮންމެހެން ވެސް ބޭނުންޖެހިފައި އޮތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުންމީދު ކުރަން ޗައިނާއިން ވީ އެންމެ އަވަހަކަށް މިކަން ކޮށްދެއްވާނެ ކަމަށް" އޭނާ ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯގެ ކޮވިޑް ރިސާޗް ޓީމް ޗައިނާއަށް ވެއްދުމަށްޓަކައި ކުރެވޭ މަސައްކަތްތައް

ދުނިޔޭގެ ކަންކޮޅުތަކުން ހޮވާލެވުނު ސައިންސްވެރިންގެ ޓީމުން ޗައިނާގެ ވުހާންގައި ކުރާނެ ކަމަކީ ކޮރޯނާވައިރަސް އުފެދި ފެތުރުނު ގޮތް ދިރާސާ ކުރުމެވެ. އެ މަސައްކަތްތައް ފަށަން ހަމަޖައްސާފައި އޮތް ވަގުތު ފާއިތުވެ ދިޔައިރު ވެސް ރިސާޗްޓީމް އުޅެނީ ޗައިނާގެ އިމިގްރޭޝަނުން ސަލާމަތް ނުވެވިގެންނެވެ.

ޗައިނާއަށް ރިސާޗް ޓީމް ފޮނުވީ ޑަބްލިޔޫއެޗްއޯއިން ނަމަވެސް، ވެގެން އުޅޭ ގޮތް އަންގާފައި ނުވާ ކަމަށް ޓެޑްރޮސް ވިދާޅުވެ އެވެ.

ޑަބްލިޔޫއެޗްއޯއިން ބުނާ ގޮތުގައި ކޮރޯނާވައިރަހުގެ ކިތަންމެ ވައްތަރެއް އުޅޭ ކަމަށް ޗައިނާއިން ބުނެފައި ވެެއެވެ. ކޮވިޑްގެ ބައެއް ވައްތަރުތައް އެހެން ގައުމުތަކުގައި އުފެދިފައި ހުރެދާނެ ކަމަށާއި ކޮވިޑަށް ޕޮޒިޓިވްވާ ކަމަށް ބުނާ ބައެއް މީހުންގެ ކިބައިން ތަފާތު އަލާމާތްތައް ފެންނަ ކަމަށް ޗައިނާއިން ބުނި ކަމަށް ވެސް ޑަބްލިޔޫއެޗްއޯއިން ބުނެ އެވެ.