ކޮވިޑަށް ޕޮޒިޓިވްވެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ރިޓަޔާޑް ޖަސްޓިސް މުޖްތާޒް ފަހުމީ ހާލުކޮޅު ދެރަވެ، ފަރުވާދޭން ފަށައިފި އެވެ.
މުޖްތާޒުގެ އާއިލާ ބޭފުޅަކު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވީ ލ އަތޮޅުގައި ހުންނަވަނިކޮށް ކަމަށެވެ. ކޮވިޑްގެ ބައެއް އަލާމަތްތައް ހުރުމުން ޓެސްޓް ކުރެއްވުމުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވުމުން ފުރަތަމަ ފަރުވާ ދެއްވީވެސް ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލްގައެވެ.
ނަމަވެސް އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނާއި މާބަނޑު އަންހެނުންނަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލްގައި ދެ ސެންޓަރެއް ހަދާފައިވެއެވެ.
އަވަސްއާ ވާހަކަ ދެއްކި މުޖްތާޒްގެ އާއިލާ ބޭފުޅަކު ވިދާޅުވި ގޮތުގައި މުޖްތާޒްގެ ހާލުކޮޅު މިވަގުތު ރަނގަޅެއް ނޫނެވެ.