ހަބަރު

ލައިފް ސަޕޯޓުން ސެނެޓައިޒާ ހަދިޔާ ކޮށްފި

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑުން 5،000 ހޭންޑް ސެނިޓައިޒާ ފުޅި މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ހަދިޔާ ކޮށްފި އެވެ.

ހޭންޑް ސެނިޓައިޒާ ފުޅި ތައް ހަދިޔާ ކޮށްފައި ވަނީ، ލައިފް ސަޕޯޓްގެ މި އަހަރުގެ ސީއެސްއާރް ޕްރޮގްރާމް ތަކުގެ ތެރެއިންނެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަށް އެ ތަކެތި ހަވާލު ކޮށްދެއްވީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރު ޑރ. މަރިޔަމް ވަސީމާ އާއި ޖެނެރަލް މެނޭޖަރު އަބްދުﷲ މައުމޫނެވެ. މިނިސްޓްރީގެ ފަރާތުން ހާވާލުވެ ވަޑައިގަތީ މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.

މިއަދު ހަދިޔާ ކުރި ސެނިޓައިޒާ ސްކޫލްތަކަށް ބެހުމުގެ ކަންތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ފަރާތުންނެވެ.

ލައިފް ސަޕޯޓުން ބުނީ އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ދެ ވަނަ ޓާމް ގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރުމާއި ގުޅިގެން އެ ކުންފުނީގެ ފަރާތުން ސްކޫލް ތަކުގެ ސްޓާފުންނާއި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީއިން ކުރިއަށް ގެންދަވާ ކަންތަކުގައި އެހީތެރި ވާން ނިންމާފައިވާ ކަމަށެވެ.