ދުނިޔެ

ގަތަރު ފްލައިޓްތައް ސައޫދީ ވައިގެ ސަރަހައްދު ހުރަސްކޮށް ޖޮހަނަސްބާގަށް

ގަލްފު ގައުމުތަކުން ގަތަރާ ދެކޮޅަށް އަޅާފައި އޮތް ފިޔަވަޅުތައް އުވާލައި ގުޅުން ބަދަހި ކުރުމާއެކު، ގަތަރު ފްލައިޓްތަކުން، ގަތަރު އެއާވޭސްއިން ސައޫދީ ވައިގެ ސަރަހައްދު ބޭނުން ކުރަން ފަށައިފި އެވެ.

ގަތަރު އެއާވޭސްއިން ސައޫދީ ވައިގެ ސަރަހައްދު ބޭނުން ކުރަން މި ފެށީ ތިން އަހަރުގެ މެދުކެނޑުމަށް ފަހު އެވެ. ސައޫދީ ހުރަސްކޮށް ގަތަރު އެއާވޭސް ދަތުރުކުރާ މަންޒިލްތަކުގެ ތެރޭގައި ސައުތު އެފްރިކާ ހިމެނެ އެވެ.

ގަތަރު އެއާވޭސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސައޫދީ ހުރަސްކޮށް ފުރަތަމަ ކުރާ ދަތުރަކީ ދޯހާއިން ސައުތު އެފްރިކާގެ ޖޮހަނަސްބާގްއަށް ކުރެވޭ ދަތުރެއް ކަމަށެވެ.

ގަތަރު އެއާވޭސްއިން ސައުދީ ވައިގެ ސަރަހައްދު ބޭނުންކުން ހުއްޓާލީ ޖޫން 5، 2017 ގައި، ސައޫދީ އާއި ބައިވެރިންގެ އަމުރަށެވެ.

ގަތަރު ފްލައިޓްތައް ސައޫދީގެ ވައިގެ ސަރަހައްދު ހުރަސްކޮށް ސައުތު އެފްރިކާއަށް ދަދުރުކުރަނީ

ސައޫދީ އަރަބިއްޔާގައި ޖެނުއަރީ 5 ގައި ހިނގައިދިއަ ގަލްފް ސަމިޓަކީ އަރަބި ގަލްފް ގައުމަތަށް ވަރަށް މުހިންމު ބައްދަލުވުމަށް ވަނީ ވެފަ އެވެ. ގަތަރާއެކު އަލުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެވި ގޮތެއް ނިންމީ، ސައޫދީ އަރަބިއްޔާގެ އަލްއޫލާގައި ބޭއްވި ގަލްފް ސަމިޓް، ޖީސީސީ ސަމިޓްގަ އެވެ.

ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރޭން، އަދި މިސްރުން ގަތަރު ދޫކޮށްލީ ޓެރަރިސްޓުންނަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. ގަތަރުން އެކަމަކު މިކަން ގަބޫލެއް ނުކުރެ އެވެ.