ވިޔަފާރި

މިދިޔަ މަހުގެ ނިޔަލަށް ދައުރުވީ ތިން ބިލިއަނެއްހާ ރުފިޔާ

Jan 12, 2015

މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދުގައި ދައުރުވެފައިވަނީ ގާތްގަނޑަކަށް ތިން ބިލިއަނެއްހާ ރުފިޔާ ކަމަށްވާ މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތައް ދައްކާ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް އެމްއެމްއޭގެ ޖުމްލަ ރިޒާވްގައި ހުރީ 165.8 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 129.2 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ބޭންކްތަކުގައި 6.4 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ބޭންކްތަކުގައި ހުރި ބޭރު ފައިސާގެ ޖުމްލަ އަދަދަކީ 625 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ރިޒާވް ދަނީ އިތުރުވަމުންނެވެ. ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަސް ނިމުމުއިރު ދައުލަތުގެ ރިޒާވްގައި ހުރީ 425.5 މިލިއަން ޑޮލަރެވެ. ނަމަވެސް ނޮވެމްބަރު މަސް ނިމުނުއިރު ރިޒާވްވަނީ 521.5 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.