ހަބަރު

ގައްދޫ އައިސްޕްލާންޓްގެ ތިޖޫރީން 223000 ރުފިޔާ ވަގަށް ނަގައިފި

ގދ. ގައްދޫ އައިސް ޕްލާންޓް ގެ ތިޖޫރީން 223000ރ. އަށްވުރެ ގިނަ ފައިސާ ވަގަށް ނެގި އެތާނގެ ކޭޝިއަރު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން ހަމައެކަނި ބުނެފައި ވަނީ ގައްދޫ އައިސް ޕްލާންޓްގެ ތިޖޫރީން ވަ 223000ރ. ގަށް ނަގާފައިވާ ކަމަށާއި އެ މައްސަލާގައި މީހަކު ހައްޔަރުކޮށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް އަވަސް އަށް ކަށަވަރު ވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ ކޭޝިއަރު އެ ފައިސާ ނަގާފައި ވަނީ ތަޅުދަނޑިން ތިޖޫރީ ހުޅުވައިގެނެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ މިއަދު އެވެ. ތުހުމަތުވާ ކޭޝިޔަރު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.