ގދ. ތިނަދޫ

ޓޭންކެއް ކަފަނިކޮށް އަލިފާނުގެ ހާދިސާއެއް

ގދ. ތިނަދޫގައި ދަގަނޑު ޓޭންކެއް ކަފަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އަލިފާނުގެ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަތެއް ޖެހިއިރު ކަމަށެވެ. މި ހާދިސާގައި މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުންދާ ކަމަށެވެ.