ދުނިޔެ

ހަނގުރާމައިގެ ހަނދާނީ ބިނާ ތަޅާލާތީ ޖަފުނާގައި ހަމަނުޖެހުން

ސްރީލަންކާގެ ޖަނުފާ ޔުނިވާސީޓީ ގޯތިތެރޭގައި ހުރި ހަނދާނީ ބިނާއެއް ތަޅާލާ މައްސަލަ ބޮޑުވެ ޖަފުނާ ވަރަށް ބޮޑަށް އުދާސް ވާން ފަށައިފި އެވެ. މި ބިނާއަކީ ސްރީ ލަންކާގައި ހިނގައިދިޔަ ދާހިލީ ހަނގުރާމައިގައި މަރުވި ތަމަޅައިންގެ ހަނދާނުގައި ހަދާފައި ހުރި ބިނާއެކެވެ.

ސްރީ ލަންކާ ފުލުހުންނާ ހަވާލާދީ ހަބަރު ފަތުރާ އޭޖެންސީތަކުން ބުނަނީ، މައްސަލަ ބޮޑުވީ އެތަނަށް އެެއް ނުވުމަށް ނަސޭހަތް ދިނުމުން ކަމަށެވެ. މިއީ ކޮވިޑްގެ ހާލަތަށް ވާތީ ގިނަ މީހުން އެއްތަނަކަށް އެއްނުވުމަށް ފުލުހުން އެނގީ ކަމަށެވެ.

ޖަފުނާ ޔުނިވާސީޓީ ދޮށަށް އެއްވި މީހުން ބުނަނީ، އިދާރާތަކުން މަސައްކަތް ކުރަނީ ހަނދާނީ ބިނާ ނައްތާލަން ކަމަށެވެ. ބުލްޑޯޒާ ބޭނުންކޮށްގެން ހަނދާނީ ބިނާ ތަޅާލުމަކީ ތަމަޅައިންނަށް އިހާނެތިކޮށް ހިތުން ކަމަށެވެ.

ޖަފުނާ ނުޔިވާސިޓީ ސަރަހައްދަށް ފުލުހުން ޖަމާވަނީ

ޖަފުނާ ތަމްސީލުކުރާ އޮފިޝަލުން ވިދާޅުވީ އެ ބިނާ ތަޅާލަން ޔުނިވާސިޓީއަށް އަންގާފައިވާ ކަމަށެވެ. ސްރީ ލަންކާގައި ހިނގާދިޔަ ހަނގުރާމައިގެ ހަނދާނުގައި އެއްވެސް ކަމެއް ނުކުރުމަށް ވެސް ސަރުކާރުން ބާރުއަޅާ ކަމަށެވެ.

ޔުނިވާސީޓީ ގޯތިތެރެއަށް އާންމުން ވަދެގަނެ މަސްލަހަތު ނަގާލަފާނެ ކަމަށް ފުލުން ތައްޔާރު ކަމަށް ވެސް ވެ އެވެ. މަންޒަރުތައް ރިޕޯޓްކުރި މީހުން ބުނަނީ، އެތަނަށް ޕޮލިސް ސްޕެޝަލް ޓާސްކް ފޯހެއް ޖަމާވަމުން އަންނަ ކަމަށެވެ.