ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ގައި އަލަށް ލެޕަރޮސްކޯޕިކް މަޔޮމެކްޓޮމީ އޮޕަރޭޝަނެއް ކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަަމަ ފަހަރަށް ލެޕްރޮސްކޮޕިކް މަޔޮމެކްޓޮމީ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.

އެ އޮޕަރޭޝަން ކޮށްފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގަ އެވެ. އޮޕަރޭޝަނުގައި ހަރަކާތްތެރި ވެފައި ވަނީ ޑރ. ވަރުޝާ ރެންގަރަޖާއި، ޑރ. މަހްމޫދު އަބޫބަކުރާއި ޑރ. ޕްރިތީ ސޮލޮމަންގެ އިތުރުން ހޭ ނައްތާ ޑޮކްޓަރުންނާއި އޮޕްރޭޝަން ތިއޭޓަރުގެ ނަރުހުންނެވެ.

ޓްރީ ޓޮޕް ގައި ކުރީ ބަނޑުގެ ހަތަރު ތަނަކުން ލޯވަޅު ތޮރުފައިގެން އެތެރެހައްޓަށް ޓެލެސްކޯޕް ލައްވާ ކެމެރާ ބޭނުން ކޮށްގެން ކުރާ އޮޕްރޭޝަނެކެވެ. އެއީ ރާއްޖޭގައި ކުރި އެ ފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

އެ އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑރ. ވަރުޝާ ވިދާޅުވީ، އެ އޮޕަރޭޝަނަކީ އާއްމުކޮށް ކުރާ އޮޕަރޭޝަންތަކާއި ހިލާފަށް ބަލި މީހާ އަށް މާ ބޮޑު ތަދެއް ތަހައްމަލު ކުރަން ނުޖެހި އަވަހަށް ފަސޭހަވެ އާއްމު ދިރިއުޅުމަށް އިއާދަ ވެވޭ ފަދަ އޮޕަރޭޝަނެއް ކަމަށެވެ.