ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗެއާޕާސަންގެ މަގާމަށް އައިޝަތު ޒާހިރާ ހަމަޖައްސައިފި އެވެ.
ސީއެމްޑީއޭ އިން ބުނީ ރާއްޖޭގެ މާލީ ސެކިއުރިޓީޒް އާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ހ.ސަނޯރާމާ، ޒާހިރާ އައްޔަން ކޮށްފައިވާ ކަމަށެވެ.
ޒާހިރާއަކީ މާލީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަނާ ވަނީ އެމްއެމްއޭގައި 31 އަހަރު ހިދުމަތް ކުރައްވާފައިވެ އެވެ. ޒާހިރާ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން މިދިޔަ އަހަރުގެ ވަކިވެވަޑައިގެންފައި ވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އެވެ.
ސީއެމްޑީއޭގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ސީއެމްޑީއޭގެ ބޯޑު މިހާރު އެތުރިފައިވާ ގޮތް
- އައިޝަތު ޒާހިރާ: ބޯޑުގެ ޗެއާޕާސަން
- ޗީފް އެގްޒެކެޓިވް އޮފިސަރު : މަގާމު ހުސްކޮށް
- ޢާއިޝަތު ނާދިޔާ: ސީނިއަރު އެގްޒެކެޓިވް ޑިރެކްޓަރު | މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
- އަޙްމަދު ސިރާޖް: ސީނިއަ އެގްޒެކެޓިވް ޑިރެކްޓަރު | ސެކްރެޓަރީ ޖެނެރަލް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ފިނޭންސް މިނިސްޓްރީ
- މަރްޔަމް ވިސާމް: ރެޖިސްޓްރާ އޮފް ކޮމްޕެނީޒް | އިކޮނޮމިކް މިނިސްޓްރީ
- ފާޠިމަތު ޝަފްނީޒް: ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ފަރާތެއް
- ރިފާއަތު ޖަލީލް: ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ފަރާތެއް
ސީއެމްޑީއޭގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހްމަދު މާޒިން އެވެ. އަދި އެ އޮތޯރިޓީގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނާދިޔާ ހަސަން އެވެ. އެކަމަނާ ވަނީ 2019 ގައި އިސްތިއުފާ ދެއްވާފަ އެވެ.