ފައުޒާން ވަކިވުމުގެ ހިތާމައިގައި ހުރިހާ ސުކޫލެއްގެ އެސެމްބްލީ ގަޑީގައި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ގެނެސްފި އެވެ.
ފައުޒާން މަރުވީ މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އެކީ އުޅުނު ކުއްޖަކު ގެނބުމުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ގެނބިގެން ނެވެ.
ފައުޒާން އަކީ ހީރޯ އެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ފައުޒާންގެ އެ ހިތްވަރަް ތައުރީފު ކުރައްވާފަައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފައުޒާން ވަކިވުމުގެ ހިތާމާގައި ހުރިހާ ސުކޫލެއްގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައިވާ ކަމަށެވެ.