މަސްތުވާތަކެތި

ޕޯސްޓުން ގެނައި ޕާޓީ ޑުރަގުތަކެއް އަތުލައިފި

Jan 11, 2021
5

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރި ޕާޓީ ޑްރަގުތަކެއް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމުން ބުނީ މަސްތުވާ އެ ތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ ގިނަ ވަނަ ދުވަހު ކަމަށެވެ.

އެ ފެނިފައިވަނީ އެ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގަ އެވެ. ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 14.00 ގްރާމް ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގު 42,000.00 ރުފިޔާއަށް އަރައެވެ.

މައްސަލަ ތަހުގީގު ކުރުމަށް އެ ތަކެތި މިހާރު ފުލުހާ ވަނީ ހަވާލު ކޮށްފަ އެވެ.