އެޑްވަޓޯރިއަލް

ލަކްސް އާއެކު ދެންވަންނާނީ އާ ގެއަކަށް

Jan 14, 2021
5
ލަކްސް އިންވެސްޓްމަންޓް އިން އެޕިކް ޝެލްޓާ ތައާރަފު ކުރުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯ

އެޕާޓްމަންޓު މަރާމާތު ކޮށްލަން ބަލާއިރު، އެއް ފަހަރާ ގިނަ އަދަދެއްގެ ފައިސާ އަތުން ދިއުމަކީ އެކަން ނުވާ ސަބަބެކެވެ. ދަތިވާ ކަމަކީ މިއެވެ. އެހެންވެ މިކަމަށް ހައްލު ގެނެސް ދެނީ ފަހުން ދައްކާ ގޮތަށް "ޓްރެވަލް ނައު، ޕޭ ލޭޓާ" ސްކީމް ތައާރަފު ކުރި ލަކްސް އިންވެސްޓްމަންޓް އިންނެވެ. އެ ކުންފުނީގެ އެޕިކް ޝެލްޓާޕްރޮޑަކްޓުގެ ދަށުން ތައާރަފުކުރި ހާއްސަ ސްކީމުގައި އެޕާޓްމަންޓްތަކާއި ފިހާރަ އަދި މި ނޫން ވެސް ތަންނަން ބޭނުންވާ ގޮތަށް ރެނޮވޭޓް ކޮށް ދިނުމުގެ ފުރުސަތު ފަހި ވެގެން ދާނެ އެވެ. ބަހާލައިގެން ފައިސާ ދައްކާ މޮޑެލް އަށް ތައާރަފު ކުރާ މި ހާއްސަ ހިދުމަތް ފެށުމުގެ ގޮތުން ވަނީ ޕީއެސްއެމްއާ ގުޅިގެން ރިއާލިޓީ ޝޯއެއް ފަށަން ނިންމާފަ އެވެ.

"ކޮމާޝަލް ސްޕޭސް ވެސް ދިގު މުއްދަތަކަށް ބަހާލައިގެން ސާވިސްގެ ޕްރައިސް ޕޭ ކުރެވޭ ގޮތަށް މި ސްކީމް އޮންނާނީ،" ލަކްސްގެ ޖެނެރަލް މެނޭޖަރު ހަނާން ސައީދު ވިދާޅުވި އެވެ.

މި ސްކީމުގައި ބައިވެރިވާން ބޭނުންވާ މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ވިޔަފާރި ތަކަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ. ވަޑާން ކުރާ ތަންތަނުން ފެށިގެން އިންޓީރިއާ އައި އެކްޓީރިއާ ސާމާނު ވިއްކާ ފަރާތްތަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

"މި ހުރިހާ އެއްޗެއް ވިއްކާ ފަރާތްތަކުގެ ހިދުމަތް އަޅުގަނޑުމެން ދޭނެ. ބުނެވިދާނެ މި ޕްރޮވައިޑްކޮށްދެނީ ވަން ސްޓޮޕް ސިލިއުޝަނެކޭ ވެސް،" ހަނާން ވިދާޅުވި އެވެ.

މި ސްކީމް ތައާރަފުކުރުމުގެ ގޮތުން ލަކްސްގެ ފަރާތުން އެއް ކޮޓަރީގެ އެޕާޓްމަންޓެއް ރެނޮވޭޓްކޮށް ދޭނެ އެވެ.

"ދައްކާލަން ބޭނުންވަނީ އެއް ކޮޓަރީގެ އެޕާޓްމަންޓެއް ވެސް މޭކްއޯވާ އަކުން ކިހާބޮޑު ތަފާތެއް ގެނެވިދާނެކަން،" ހަނާން ވިދާޅުވި އެވެ.

ލަކްސްގެ އެޕިކްޝެލްޓާ މި ޕްރޮޑްކްޓު ނަގާ ފަރާތްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ. އެކަމަކު އަނބުރާ ފައިސާ ދެއްމުގައި އިތުރު އިންޓްރެސްޓެއް ނުވަތަ ފީއެއް ނުނަގާނެ އެވެ. މިއީ މި ޕްރޮޑަކްޓުގެ އެންމެ ސަޅި ތަންކޮޅެވެ. އަތް މަތި ދަތި ވަގުތެއް ނަމަވެސް މަރާމާތު ކޮށްލަން ބޭނުންވާ ކޮޓަރި ނުވަތަ ފިހާރަ މަރާމާތު ކޮށްލެވޭނެ ފުރުސަތު މި ޕްރޮޑަކްޓާއެކު މިވަނީ ލިބިގެން ގޮސްފަ އެވެ.

ރިއާލިޓީ ޝޯ ކުރިއަށްދާނެ ގޮތް

މިއީ ދެ ހަފުތާ އަށް ކުރިއަށްދާނެ ޝޯއެކެވެ. ފުރަތަމަ އެޕިސޯޑުގައި އޮންނާނީ ބައިވެރިން އައްޔަން ކުރުމެވެ. ބައިވެރިން އައްޔަން ކުރާނީ އާއްމުންގެ ވޯޓަކުންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ހާއްސަ ޝަރުތަކެއް ފުރިހަމަ ވާ ފަރާތްތަކަށެވެ.

ބައިވެރިވެވޭނީ

  • އެކަނިވެރި މައިން ނަށް
  • އަލަތު ކައިވެންޏަށް އެއް އަހަރު ނުވާ ފަރާތްތައް
  • މުސްކުޅި ދެމަފރިން 55 އަަހަރާއި 70 އަހަރުގެ
  • ކައިވެނިކޮށްގެން އެންމެ ދަރިއަކު ތިބޭ މީހުން

ލަކްސް އިން ގެނެސްދޭ "ޓްރެވަލް ނައު، ޕޭ ލޭޓާ" ރާއްޖެ އަށް މުހިންމު ޕްރޮޑަކްޓެކެވެ. މި ފަދަ ޕްރޮޑަކްޓެއްގެ މުހިންމުކަން އެނގިގެން ގޮސްފައިވަނީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ކުޑަ ތަންކޮޅެއްގައި ދިރިއުޅެން ޖެހުނު ހާލަތަށް ވެއްޓުމުންނެވެ. އެއް ކޮޓަރި ނަމަވެސް ރީތިކޮށް އިންޓިއާ ހަދައިލައި ތަނަވަސްކޮށް ދެއްކިދާނެ އެވެ. މިފަދަ ޕްރޮޑަކްޓެއް މުހިންމު ވަނީ އެހެންވެ އެވެ. އެހެންވެ މިއީ މިހާލަތަށް މުހިންމު ޕްރޮޑަކްޓެކެވެ. މީގެ އިތުރު މައުލޫމާތު 7374737 ނަމްބަރަށް ގުޅުމުން ނުވަތަ [email protected] އަށް އީ-މެއިން ކުރުމުން ލިބޭނެ އެވެ. އަދި މި ރިއަލިޓީ ޝޯގައި ބައިވެރިވުމަށް އެދޭ ފޯމު މި ލިންކުން ލިބޭނެ އެވެ.