މާޅޮސް

މާޅޮހުގައި ފެން ބޮޑު ވެއްޖެ

މާޅޮހުގައި މިއަދު ފެން ބޮޑުވެފައި: އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ބ. އަތޮޅަށް
0%
0%
0%

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ. އަތޮޅު މާޅޮހުގައި ފެން ބޮޑުވެއްޖެ އެވެ.

މާޅޮހަށް ރޭ ފަތިހާއި މިއަދު ހެނދުނުން ބައެއްގައި ވިއްސާރަ ކޮށް ބޯކޮށް ވާރޭ ވެހިފައި ވެއެވެ. އޭގެ ސަބަބުން ކުރީން ފެންބޮޑު ނުވާ ވަރަށް އެރަށުގައި ފެންބޮޑުވެ، ރަށުގެ ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތަކާ ކުރިމަތިވި އެވެ.

އެ ރަށުގައި ފެން ބޮޑުވެފައިވާތީ ފެން ބޮޑުވި ސަރަހައްދުތަކުން ފެންކި ހިންދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންވެ. އެ މަސައްކަތުގައި ވެރިރަށް އޭދަފުށީގައި ގާއިމުވެ ތިބޭ ފުލުހުންނާއި އަތޮޅު ކައުންސިލް މުވައްޒަފުންނާއި ސިފައިން ބައިވެރިވެ އެވެ.

ބ. އޭދަފުއްޓާއި ކެންދޫއަށް ވެސް ވާރޭ ވެހި ބައެއް ސަރަހައްދު ތަކުގައި ވަނީ ފެން ބޮޑުވި އެވެ. ނަމަވެސް ބޮޑުވަރު ވެފައެއް ނުވެ އެވެ.

މެޓް އޮފީޖުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިދިއަ 24 ގަޑިއިރުގެތެރޭ އެންމެ ގިނަ އަދަދަކަށް ވާރޭ ވެހުނު ކަމަށް ރިކޯޑް ކުރެވިފައި ވަނީ އެއާޕޯޓް އޮންނަ ބ. ދަރަވަންދޫއަށެވެ. އެއީ 88.0 މިލިލީޓަރުގެ ވާރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345