ހަބަރު

ތެދު ހާމަކުރެއްވީތީ ރައީސްއަށް ސާބަސް: މައުމޫން

0%
0%
0%

ތަހުގީގާއި ގުޅޭ ބައެއް ހަގީގަތްތައް ހާމަކޮށް ރައީސް ކުރެއްވީ ވަރަށް ރަނގަޅު ކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިހާތަނަށް ވަކި ކުރެއްވި ވަޒީރުންނާއި، ފިނިފެންމާ ލޯންޗުގެ ތަހުގީގަށް މިހާތަނަށް ކުރި މަސައްކަތްތަކާއި އެހާދިސާއާއި ގުޅޭ މީހުންނާއި ބެހޭގޮތުން ރައީސް މިއަދު ދެއްވި ހިތޯބާއި ގުޅިގެން ރައީސް މައުމޫނު ވިދާޅުވީ، ހަގީގަތް ހާމަކުރެއްވުމަކީ ރައީސް ޔާމީނު ކުރެއްވި ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމަށް ސާބަސް ދަންނަވާ ކަމަށެވެ.

ޕީޕީއެމާއި އެމަނިކުފާނު އަބަދުވެސް ހުންނަވާނީ ރައީސް ޔާމީނާއި އެކުގަ ކަމަށާއި، އެމަނިކުފާނަށް އެއްބާރުލުން ދެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ރައީސް މައުމޫނު މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީނު މިއަދު ދެއްވި ހިތޯބުގައި އެމަނިކުފާނު ވަނީ ސަރުކާރުން މިހާތަނަށް ނިންމެވި ބައެއް ނިންމެވުންތަކާއި ގުޅިގެން މީގެކުރިން ހާމަ ނުކުރައްވާ ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވާފަ އެވެ.

އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާއި، މަގާމުން ވަކި ކުރެއްވި ދެ ޑިފެންސް މިނިސްޓަރުންނާއި ގުޅޭ ވާހަކަތައްވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910