މީޑިއާނެޓް

ސުޕަ ކަޕް މީޑިއާނެޓް ކަސްޓަމަރުންނަށް ފެންނާނެ

Jan 13, 2021
2

މީޑިއާ ނެޓުގެ ކަސްޓަމަރުންނަށް "ސްޕެނިޝް ސުޕަ ކަޕްގެ" ސެމީ ފައިނަލް މެޗުތަކުގެ އިތުރުން ފައިނަލް މެޗުތައް ވެސް ފެންނާނެ އެވެ.

މީޑިއާ ނެޓުން ބުނީ މި މެޗުތައް ވަގުތުން ދައްކާނީ އައިސް ޓީވީން އިން ކަމަށެވެ. މިހާރު މީޑިއާނެޓުގެ މަލްޓި ސްކްރީން ބޭނުން ކޮށްގެން ކޮންމެތާކުން ކޮންމެ ޑިވައިސް އަކުން ވެސް މެޗްތައް ބަލައިލެވޭނެ ކަމަށެވެ.

މި މުބާރާތުގެ ސެމީފައިނަލް މެޗްތައް ކަމައްވާ ބާސެލޯނާ އާއި ރެއާލް ސޮސައިޑާޑް ބައްދަލުކުރާ މެޗާއި، ރެއާލް މެޑްރިޑް އާއި އެތުލެޓިކް ކްލަބް ބައްދަލުކުރާ މެޗުގެ އިތުރުން ފައިނަލް މެޗުވެސް އައިސްޓީވީ އިން ވަގުތުން ގެނެސްދޭނެ އެވެ.

ބާސެލޯނާއާ ދެކޮޅަށް ސޮސިއަޑާޑް ކުޅޭ މުބާރާތުގެ ފުރަތަމަ މެޗު ފެށުމަށް ހަމަޖެހިފަވަނީ ޖެނުވަރީ 14 ވާ ބުދަ ދުވަހުގެ ދަންވަރު 1:00 ޖަހާއިރު އެވެ. ދެވަނަ މެޗް، ރެއާލް މެޑްރިޑް އެތުލެޓިކް ކުލަބް ބައްދަލުކުރާ މެޗް ފެނިގެންދާނީ ޖެނުއަރީ 15 ވާ ބުރާސްފަތި ދުވަހުގެ ދަންވަރު 1:00 ޖަހާއިރު އެވެ.

މުބާރާތުގެ ތާރީހަށް ބަލާއިރު، އެންމެ ގިނައިން ތަށި ހޯދާފައިވަނީ 13 ތަށްޓާއެކު ބާސާ އެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު ވަނީ 11 ފަހަރު ތަށި ހޯދާފަ އެވެ.

މީޑިއާނެޓު މެދުވެރިކޮށް ހަމައެކަނި އައިސްޓީވީން ސުޕަ ކަޕް ވަގުތުން ގެނެސްދިނުމަށް ހަމަޖައްސާފައިވާއިރު، އައިސްޓީވީން މިހާރު ވެސް އަންނަނީ ޕްރިމިއާ ލީގުގެ މެޗުތައް ވަގުތުން ގެނެސްދެމުންނެވެ.