ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަމީނިއްޔާގެ ޓީޗަރަކު ޕޮޒިޓިވްވެ އިތުރު ޓީޗަރުންތަކެއް ކަރަންޓީން ކޮށްފި

އަމީނިއްޔާ ސުކޫލުގެ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާ ކްލޯސް ކޮންޓެކްޓްވި ޓީޗަރުންތަކެއް ކަރަންޓީނު ކޮށްފި އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިރޭ ބުނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނެއްގެ ޓީޗަރެއް މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އަދި ކްލޯސް ކޮންޓެކުޓުން ގޮތަށް ދިމާވެފައިވާ ޓީޗަރުން ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ކަރަންޓީން ކުރި ޓީޗަރުންނާއި ޕޮޒިޓިވްވި ޓީޗަރު ދިމާވެފައިވަނީ ސްކޫލުން ބޭރުން ކަަމަށްވެސް އެޗްއީއޯސީން ބުންޏެވެ. އެހެން ކަމުން ސްކޫލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާތީވެ އެއްވެސް ދަރިވަރެއް ކޮންޓެކްޓްއެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިއްޔެވެސް 49 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ހުރިހާ ސުކޫލުތަކެއް ހުޅުވާ ދަރިވަރުން ސުކޫލަށް ގެނެސްގެން ކިޔަވައިދޭން ފަށާފައިވަނީ މި ދިޔަ އާދިއްތަ ދުވަހުއެވެ.