މަސްތުވާތަކެތި

10.9 މިލިޔަން ރުފިޔާގެ ޑުރަގު ގެނައި ދެމީހަކު ހައްުޔަރުކޮށްފި

Jan 13, 2021
11

ބްރެޒިލުން ރާއްޖެ އައި ދެ މީހެއްގެ އަތުން 3.12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެނެ އެ ދެ މީހުން ހައްޔަރުކޮށްފި އެވެ.

ކައްޓަމްސް އިން ބުނީ ވައިގެ މަގުން ރާއްޖެ އައީ ބްރެޒިލް މީހަކާއި ލެތުވިއާ މީހެއް ކަމަށެވެ. އެ ދެ މީހުންގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި މިދިއަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެ އައި ތެތުވިޔާގެ 23 އަހަރުގެ ފިރިހެން މީހާއަށް ޝައްކުވެގެން ލަގެޖް ބަލައި ފާސް ކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން ޑްރަގު ކަމަށް ޝައްކުވާ ތަކެތި ފެނުނު ކަމަށެވެ.

އަދި ފުރަތަމަ މަރުޙަލާގައި އެތަކެތި ޓެސްޓްކުރި އިރު ކޮކެއިނަށް ޕޮޒިޓިވެފައިވާ ކަމަށާއި އޭނާގެ ލަގެޖުން 2.466 ކިލޯގެ ކޮކެއިން ފެނުނު ކަމަށެވެ.

ބްރެޒިލް މީހާ އައީ ނޮވެންބަރު 28 ވަނަ ދުވަހު އެވެ. އެއީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާގެ އަމަލުތަކަށް ޝައްކު ވެގެން ބަލައި ފާސްކުރި އިރު ހަށިގަނޑުގައި ފޮރުވާފައިވާ 66 ޑްރަގު ކެޕްސޫލް ފެނުނެވެ. އެ ތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އެވެ. އެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 654.4 ގްރާމް ހުއްޓެވެ.

މި ދެ މީހުން އަތުން އަތުލި ޑުރަގުގެ މަގުމަތީ އަގު 10،921،400 ރުފިޔާއަށް އަރައެވެ. އެ ދެ މީހުންނާއި ޑްރަގު މިހާރު ވަނީ ފުލުހާ ހަވާލުކޮށްފައެވެ.