އެމްއެންޑީއެފް

ސައުދީ ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ރާއްޖެއިން ސިފައިންގެ ހަތަރު މީހެއް

ސައުދީ އަރަބިއްޔާގެ ކައުންޓާ ޓެރަރިޒަމް ސެންޓަރު ގައި ހަރަކާތްތެރި ވާން ރާއްޖެއިން ސިފައިންގެ ހަތަރު މީހަކު ހަމަޖައްސައިފި އެވެ. އެ ކޯލިޝަނުގައި ހަރަކާތްތެރި ވުމަށް ޓަކައި ދާ ސިފައިންނާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ބައްދަލު ކުރައްވާފަ އެވެ.

"އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން" އަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް، ގުޅިގެން މަސައްކަތްކުރަން ސައުދީން އުފެއްދި ކޯލިޝަނެކެވެ.

އިސްލާމީ ގައުމުތައް ގުޅިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން 2015 ވަނަ އަހަރު އުފެއްދި އެ ކޯލިޝަނު ގައި 41 ގައުމެއް ބައިވެރިވެފައި ވެއެވެ.

ރާއްޖެއިން އެ ކޯލިޝަންގައި މަސައްކަތް ކުރަން ދަނީ ކާނަލް މުހައްމަދު މުހުތާރާއި، މޭޖާ މުހައްމަދު ސާމިރާއި، ކޮމާންޑް ސާޖަންޓް މޭޖާ އަހްމަދު އަބްދުﷲ ގެ އިތުރުން ވޮރަންޓް އޮފިސާ ގްރޭޑް އެކެއް މިފްތާހް ހުސައިނެވެ.

އެ މީހުން ސައުދީގެ ވެރިރަށް ރިއާދުގައި ގާއިމް ކޮށްފައިވާ ސެންޓަރުގައި އެއް އަހަރު ދުވަހު މަސައްކަތް ކުރާނެ އެވެ.