ހަބަރު

މީ ނުރައްކާތެރި ހާލަތެއް، ޝައްކުވާ ހުރިހާ ގެއެއް ފާސްކުރާނެ: ރައީސް

Oct 25, 2015
4
ފުުލުހުންނާ ސިފައިން ގުޅިގެން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ރޭ ގެއެއް ބަލައި ފަސް ކުރުމަށް ފަހު ފޯރި މަރަނީ: ބައެއް ގޭގައި ބޮން ހަދާނެ ސާމާނު ހުރި -- ފޮޓޯ: އަވަސް
0%
0%
0%

މިއީ ރައްޔިތުންނަށް ނުރައްކަތެރި ހާލަތެއް އޮތް ވަގުތެއް ކަމަށާއި ޝައްކުވާ ހުރިހާ ގެއެއް ބަލައި ފާސް ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ދިން ބޮމުގެ ހަަމަލާއަށް ފަހު ހިނގަމުންދާ ތަހުގީގަށް ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމަށްފަހު ރައީސް މިއަދ ގައުމާ މުހާތަބު ކުރައްވާ ވިދާޅުވީ މިއީ ރައްޔިތުންނަް ނުރައްކާތެރި ހާލަތެއް އޮތް ވަގުތެއް ކަމަާއި ނައިބު ރައީސް އެކަހެރިކޮށް ހައްޔަރު ކުރީ ބޮޑެތި މައްސަލަތަކެއް ނައިބު ރައީސްގެ މައްޗަށް ތުހުމަތުވެ އެކަން ކަމުގެ ތަހުގީގުގައި ނައިބު ރައީސާ ގުުޅުންހުރި ފަރާތްތަކުން ދަތި ކުރިމަތި ކުރުވައި ތަހުގީގަށް ބަލައި ފާސް ކުރި ގޭގެ އާއި އެކަމުގައި ހައްޔަރުކޮށްފައި ތިބި މހުންގެ ގޭގެއިން ބޮމާއި ހަދާނެ ސާމާނު ފެނުމުން ކަމަށެވެ.

"ފާސްކުރި އިރު ބޮން ހަދާނެ ސާމާނު ބައެއް ގޭގެއިން ފެނިފައިވަނީ ތަހުގީގަށް އެ ތަކެތި ވަނީ މިހާރު ނަގާފައި. ލޯންޗުގައި ވެސް ބޭނުން ކޮށްފައި ވަނީ ބޮމެއްކަން ވަނީ ކަށަވަރުވެފައި،"

ރައީސް ވިދާޅުވީ އެކަންކަން އެހެން ހުރުމުން މުޅި މާލެ އާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ގޭގެ ބަލައި ފާސްކުރަން އެމަނިކުފާނަށް މަޖުބޫރުވެފައިވާ ކަމަށާއި ކިރިޔާ ޝައްކެއްވާ ގެއެއް ނަމަވެސް ބަލައި ފާސް ކުރާނެ ކަމަށެވެ.

"އެސަބަބައްޓަކައި ނައިބު ރައީް އެކަރިކޮށް ހައްޔަރުގައި ބަހައްޓައިގެން މި ތަހުގީގު ކުރިޔަށް ގެންދަން މަޖުބޫރުވީ. މި ކަންކަމުގެ ސުވާލުތަކުގެ ޖަވާބު ނައިބު ރައީސް ދެއްވަންޖެހޭނެ ކަަށް ގަބޫލު ކުރެވޭ. ނައިބު ރައީސާ ބެހޭ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް މިއޮތީ. އެކަންކަން އަންނާތީ ނައިބު ރައީސް ޖެހިވަޑައިގަންނަވާ ޖަވާބުދާރީވެ ވަޑައިގަންނަވަން. ލޯންޗުގައި ގޮއްވީ ބޮމަކަށްވެފައި ހައްޔަރުކޮށްފައި ތިބިމހުންގެ ގޭގެއިން ބޮން ހަދާ ސާމާނު ފެނުމަކީ މިއީ ދިވެހި ރައްޔިތުންނަށް ނުރައްކަތެރި ހާލަތެއް އޮތް ވަގުތެއް ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910