ހަބަރު

ހުޅުމާލޭގެ 20 މަގެއް ވަންވޭ ކުރަނީ

މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ކުރަން މަސައްކަތް ކުރާ ކަމަށް ހައުންސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތައް އިތުރުވަމުން އަންނާތީ، މާލޭ ސިޓީގެ އެ ރަށުގެ މަގުތަކަކީ ރައްކާތެރި އަދި ފަސޭހައިން ދަތުރު ކުރެވޭ މަގުތަކެއް ކަމަށް ހަދަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ޕްލޭންގެ ދަށުން ބައެއް މަގުތައް އެއް ކޮޅަށް ދަތުރު ކުރާ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައި ވާކަމަށެވެ.

އެއް ކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރަނީ ހުޅުމާލޭގެ 20 މަގެކެވެ. އެ މަގުތަކުގެ ލިސްޓެއް އަދި ނުނެރެ އެވެ.